ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 16:42
ޓިއާންގޮންގ-1 ޖައްވަށް ފޮނުވާލާފައިވަނީ 2011 ވަނަ އަހަރު
ޓިއާންގޮންގ-1 ޖައްވަށް ފޮނުވާލާފައިވަނީ 2011 ވަނަ އަހަރު
ބީބީސީ
ޗައިނާގެ ޖައްވީ ޕްރޮގްރާމް
ޗައިނާގެ ސްޕޭސް ލެބް ވެއްޓިއްޖެ
ސްޕޭސްލެބްގެ ބައިތައް ހަލާކުވެގެންދިޔައީ ދުނިޔޭގެ ވައިގެ ފަށަލައަށް ވަން ފަހުން
ޓިއާންގޮންގ-1 ޖައްވަށް ފޮނުވާލާފައިވަނީ 2011 ވަނަ އަހަރު

ޗައިނާއިން ކުރިން ބޭނުންކުރި ޖައްވީ ސްޓޭޝަން، ޓިއާންގޮންގ-1 ގެ ސްޕޭސް ލެބް ސައުތު ޕެސިފިކަށް ވެއްޓިއްޖެ ކަމަށް ޗައިނާއާއި އެމެރިކާގެ ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ވައިގެ ފަށަލައަށް އެ އުޅަނދު ވަދެފައިވަނީ ހޯމަ ދުވަހު ޖީއެމްޓީ ގަޑިން 00:15 ހާއިރު ކަމަށް ޗައިނާގެ މޭންޑް ސްޕޭސް އިންޖިނިއަރިންގ އޮފީހުން ބުނެއެވެ.

ޑޮކް ކުރުމަށާއި އޯބިޓް އެކްސްޕެރިމެންޓްތަކަށް ޓިއާންގޮންގ-1 ޖައްވަށް ފޮނުވާލާފައި ވަނީ 2011 ވަނަ އަހަރުއެވެ.

އެ ޕްރޮގްރާމަކީ2022 ވަނަ އަހަރު އަންނަންވާއިރަށް ޖައްވުގައި މީހުންތިބޭގޮތަށް ސްޓޭޝަނެއް ގާއިމް ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް 2016 ވަނަ އަހަރު އެ ޕްރޮގްރާމްވަނީ ހުއްޓާލާފައެވެ.

ޗައިނާގެ ސްޕޭސް އެޖެންސީން ވެސް ލަފާކޮށްފައި ވަނީ ސްޕޭސް ލެބް ވެއްޓޭނީ ބްރެޒިލްގެ ސައޮ ޕޯލޯ ސަރަހައްދަށް ކަމަށެވެ.

ޗައިނާގެ ސްޕޭސް ލެބް ވެއްޓޭނެ ދިމާލެއް ލަފާކުރަން ތަޖްރިބާކާރުންނަށް ކުރިން ވަނީ ދަތިވެފަ އެވެ.

ސްޕޭސްލެބްގެ ބައިތައް ހަލާކުވެގެންދިޔައީ ދުނިޔޭގެ ވައިގެ ފަށަލައަށް ވަން ފަހުން ކަމަށް ވަނީ ބެލެވިފައެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނީ ޓިއަންގޮން-1 ދުނިޔޭގެ ވައިގެ ފަށަލައަށް ވަންނައިރު އޭގެ ބައިތައް އަނދައިގެންދާނެ ކަމަށެވެ.

އެހެންވެ ސްޕޭސް ލެބްގެ ބައިތައް މީހެއްގެ ގައިގައި ޖެހުމުގެ ޗާންސް ވަރަށް ކުޑަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

 

- ކޮމެންޓް