ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 13:24
އޮރުދޮޣާން ވަނީ އިސްރާއީލަކީ ޓެރެރިސްޓް ދައުލަތެއް ކަމަށް ވިދާޅުވެފައި
އޮރުދޮޣާން ވަނީ އިސްރާއީލަކީ ޓެރެރިސްޓް ދައުލަތެއް ކަމަށް ވިދާޅުވެފައި
ފޮކްސް ނިއުސް
އިސްރާއީލާއި ފަލަސްތީނު މައްސަ
ނަތަންޔާހޫއަކީ ޓެރަރިސްޓެއް: އޮރްދަޣާން
ނަތަންޔާހޫ ވިދާޅުވަނީ އަފްރިންގައި ތުރުކީ އިން ދަނީ އަނިޔާކުރަމުން ކަމަށް

ސީރިޔާގެ އަފްރިންގައި ތުރުކީއިން ހިންގާ އަސްކަރީ އޮޕަރޭޝަނަށް އަމާޒުކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޑުވިދާޅުވުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން ނަތަންޔާހޫ ލަދުގަންނުވާލައިފިއެވެ

އޮރުދޮޣާން މިފަދަ އިން ވާހަކަ ދައްކަވާފައި މިވަނީ ޣައްޒާގައި މުޒާހަރާ ކުރި ފަރާތްތަކާ މެދު އިސްރާއީލުން އަމަލުކުރި ގޮތުން ތުރުކީ އިން އެކަމަށް ފާޑުކިއުމުން ތުރުކީ އިން ކުރުދީންގެ އަވަށްތަކުގައި ބޮން ގޮއްވަމުންދާ ކަމަށް ނަތަންޔާހޫ ވިދާޅުވުމުންނެވެ.

"އޭނާ ބުނީ އަހަރުމެންގެ ސިފައިން އަފްރިންގައި މީހުންނަށް އަނިޔާކުރަމުންދާ ކަމަށް. ނަތަންޔާހޫ، ކަލޭ ތީ ވަރަށް ބަލިކަށި މީހެއް. ވަރަށް ނިކަމެތި މީހެއް،" ދެކުނުގެ އަދަނާ ޕްރޮވިންސްގައި ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ ޕީކޭކޭގެ ބައްދަލުވުމުގައި އޮރުދޮޣާން ވިދާޅުވިއެވެ.

އޮރްދޮޣާން ވިދާޅުވީ އެ ގައުމުން ހަނގުރާމަކުރަނީ ޓެރެރިސްޓުންނާ ކަމަށާއި ނަމަވެސް އިސްރާއީލުން ހަނގުރާމަކުރަނީ ޓެރެރިސްޓުންނާ ނޫން ކަމަށެވެ. އޭގެ ސަބަބަކީ އިސްރާއީލަކީ ޓެރެރިސްޓް ދައުލަތަކަށްވުން ކަމަށް އޮރްދޮޣާން ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރަކީ ފަލަސްތީނު ހިސާރުކޮށްގެން އުޅުއްވާ ފަރާތެއް ކަމަށް ވެސް އޮރުދޮޣާން ވަނީ ވިދާޅުވެފައެވެ. އަދި ނަތަންޔާހޫއަކީ ޓެރެރިސްޓެއް ކަމަށާއީ ފަލަސްތީނުގެ ރައްޔިތުންނަށް ދިން އަނިޔާ ތާރީޚްގައި އެ ދަނީ ރެކޯޑް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތުރުކީއަކީ އެއްވެސް ގައުމެއް ހިސާރުކޮށް އެކަމުގެ ލަދުގައި އޮތް ގައުމެއް ނޫން ކަމަށް އޮރްދޮޣާން ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމާ ދެކޮޅަށް އިހުތިޖާޖުކުރަން ނިކުތް މީހުންނާއި އިސްރާއީލް ސިފައިން ކުރިމަތިލައި، ފަލަސްތީނުގެ 773 މީހެއްގެ ގަޔަށް ޔަހޫދީ ސިފައިން ވަނީ ބަޑި ޖަހާފައެވެ.

"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް މިދިޔަ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އިސްރާއީލު ސިފައިން ބާރުގެ ބޭނުންކުރުމުން ފަލަސްތީނުގެ 17 މީހެއް ވަނީ މަރުވެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް