ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 11:50
ފުލޫ ނާޝިދު
ފުލޫ ނާޝިދު
ޓްވިޓަރ
ފުލޫ ނާޝިދު
ފުލޫ ނާޝިދުގެ ޗޫސް ޗޫސް ލަވަފޮށީގައި ރިލީޒް ކޮށްފި
ލަވަ ރިލީޒް ކޮށްފައިވަނީ އާދީއްތަ ދުވަހު

ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިއުޒީޝަން، ޒީރޯ ޑިގްރީ އެޓޯލްގެ އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ "ޗޫސް ޗޫސް" ލަވަފޮށީގައި ރިލީޒްކޮށްފިއެވެ.

ނާޝިދު މަރުވުމުގެ ކުރިން މަސައްކަތް ފަށާފައިވާ އަލްބަމް "ޖަރނީ" ގައި ހިމެނޭ "ޗޫސް ޗޫސް" ލަވަފޮށީގައި ރިލީޒްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

ނާޝިދު މަރުވެފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. ކެންސަރު ބަލީގެ ޝިކާރައަކަށްވެ، ނާޝިދު މަރުވުމުގެ 10 އަހަރު ކުރިން އޭނާ ވަނީ "ޖަރނީ"ގެ މަސައްކަތް ފަށާފައެވެ. މި އަލްބަމްގެ އެހެން ލަވައެއްވެސް މީގެ ކުރިން ވަނީ ރިލީޒްކޮށްފައެވެ.

ނާޝިދު ހިމެނިގެން 1980ގެ ތެރޭގައި އުފެއްދި މިއުޒިކް ބޭންޑް، ޒީރޯ ޑިގްރީ އެޓޯލްގެ "ދޯނި" އަލްބަމަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވިކިފައިވާ އެއް އަލްބަމެކެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައިވެސް އެންމެ ބޮޑު ތަރުހީބެއް ހޯދާފައިވާ ދިވެހި މިއުޒިކް އަލްބަމެކެވެ. ދޯނި އަލްބަމްގެ އިތުރުން ޒީރޯ ޑިގްރީގެ އަލްބަމް "އައިލެންޑް ޕަލްސް" ގައިވެސް ނާޝިދުގެ މަސައްކަތް ވަނީ އިވިގެން ގޮސްފައެވެ. އަދި އޭގެ ފަހުން 2002 ވަނަ އަހަރު ނާޝިދު ވަނީ "ބަރޑް އިން ފްލައިޓް" ގެ ނަމުގައި އޭނާގެ ސޯލޯ އަލްބަމެއްވެސް ނެރެފައެވެ. އަދި އެ އަލްބަމަށް ވަނީ ބައިނަލްއަޤުވާމީ 2 އެވޯޑެއްވެސް ލިބިފައެވެ. 

- ކޮމެންޓް