ސިނެމޮޓޮގްރަފާ އަދި އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް ގެ ރައީސް ޖޯން ބެއިލީއަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ޖޯން ބެއިލީއަށް އެފަދަ އަމަލެއް ހިންގިކަން ސާބިތު ވާން ނެތް ކަމަށް ނިންމާފައިވަނީ އޮސްކާގެ މެމްބަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީންނެވެ.
ބެއިލީ ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތު ތަކާއި ގުޅިގެން ވާހަކަ ދައްކާފައެވެ. ބެއިލީ ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއްކަމަށާއި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ އޭނާގެ ކެރިއަރ ހަލާކުކޮށްލަން ބަޔަކު ރާވައިގެން ކޮށްފައިވާ ކަންތައްތަކެއްކަމަށް ބުނެފައެވެ. ތިން މައްސަލައެއް ބެއިލީގެ މައްޗަށް ވަނީ ކޮށްފައެވެ. އޭގެ ތެރެގައި އޭނާ ފިލްމެއްގެ ޝޫޓިންއެއްގެ ތެރޭގައި ހުއްޓައި ގަދަކަމުން އަންހެނަކަށް ޖިންސީގޯނާ ކުރި ކަމުގެ މައްސަލަ ހިމެނެއެވެ. އެހެން ނަމަވެސް އޮސްކާގެ މެމްބަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީން ވަނީ އެ ދައުވާތަށް ބެއިލީގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމާފައެވެ. އަދި ބެއިލީ މީހަކަށް ޖިންސީ ގޯނާ ކުރިކަމަށް އެއްވެސް ހެއްކެއް ނެތްކަމަށާއި އެހެން ކަމުން ބެއިލީ އޮސްކާގެ ރައީސް ކަމުގައި އަދިވެސް ދެމި ހުންނާނެކަމަށް އޮސްކާގެ މެމްބަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީން ވަނީ ނިންމާފައެވެ.