ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 11:07
އޮޕްރާ،ކަންގަނާ އަދި މިޝެލް އޮބާމާ
އޮޕްރާ،ކަންގަނާ އަދި މިޝެލް އޮބާމާ
އިމޭޖަސް.އެމްވީ
ކަންގަނާ
މިޝެލް އޮބާމާ އަދި އޮޕްރާ އާއި އެއް ސްޓޭޖަކުން ކަންގަނާ
 
ކަންގަނާއަށް އެ ފުރުސަތު ލިބުނީ ގާންދީ ގޯޒް ގްލޯބަލްއިން

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާ އަދި މަޝްހޫރު އަންހެން ޝަހުސިއްޔަތެއް ކަމަށްވާ އޮޕްރާ ވިންފްރީއާއި އެކީގައި އެއް ސްޓޭޖަކުން ޕާފޯމް ކުރަން ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތަށް ލިބިއްޖެއެވެ.

ކަންގަނާއަށް އެ ފުރުސަތު ލިބުނީ އިންޑިއާ އަށް މިނިވަންކަން ހޯދައި ދިން މަހާތުމާ ގާންދީގެ ސިޔާސަތުތަކާއި އޭނާގެ ގެންގުޅުނު އުސޫލްތައް ދިރުވުމާ ގުޅޭ ގޮތުން ބާއްވާ ސަމިޓް ކަމަށްވާ ގާންދީ ގޯޒް ގްލޯބަލްގައެވެ. މި ސަމިޓް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 18-19 އަށް އެމެރިކާގެ ނިއު ޖާޒީގައެވެ.

މި އުފަލާއެކު ކަންގަނާ ބުނެފައިވަނީ އޭނާ އަށް މި ފުރުސަތު ލިބުން އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށާއި އޭނާ މި ސަމިޓަށް ވަރަށް ބޮޑަށް ތައްޔާރު ވާނެކަމަށެވެ. އަދި މިޝެލްއާއި އޮޕްރާއާއި އެކީގައި އެއް ސްޓޭޖަކުން ފެނުން އެއީ އޭނާ ވަރަށް އުފާ ކުރާކަމެއް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އަދި އޭނާ ހުރީ ސަމިޓްގައި ބައިވެރިވާން އުފަލުންކަމަށް ކަންގަނާ ބުންޏެވެ. ކަންގަނާ ބުނީ މުޖުތަމައަށް ފައިދާހުރި ރަނގަޅު ކަންތައްތަކަށް ކުރާ ކޮންމެ މަސައްކަތެއްގައި ބައިވެރިވާން އޭނާ އަބަދުވެސް ބޭނުންވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް