ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 11:12
ޕަރީގެ ޕޯސްޓަރ
ޕަރީގެ ޕޯސްޓަރ
ޓްވިޓަރ
ޕަރީ
ޕަރީ ރަޝިއާއަށް
 
ރަޝިއާގައި ޕަރީ އަޅުވާނީ މިމަހުގެ 19 ގައި

މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހު ރިލީޒް ކުރި އަނުޝްކާ ޝަރުމާގެ ޕަރީ ރަޝިއާގައި އަޅުވަން ނިންމައިފިއެވެ

ޕަރީއަކީ ބޮލީވުޑްގެ ބިރުވެރި ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މިއީ އަނުޝްކާއާ އޭނާގެ ބޭބެ ކަރްނޭޝް ޝަރުމާގެ  ޕްރޮޑަކްޝަން ހައުސް ކަމަށްވާ ކްލީން ސްލޭޓް ފިލްމުން އޭނާ ކުޅޭ ތިންވަނަ ފިލްމެވެ. އަދި މިއީ އަނުޝްކާގެ ތިންވަނަ ޕްރޮޑަކްޝަން ވެސް މެއެވެ.

އަނުޝްކާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ފިލްމު ރަޝިއާގައި އަޅުވާނީ މިމަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ.

މި ފިލްމުގައި އަނުޝްކާގެ އިތުރުން ފެނިގެން ދަނީ ޕަރަމްބްރަތާ ޗަޓެރްޖީ އާއި ރާޖަތު ކަޕޫރު އަދި ރިތަބާރީ ޗަކްރަބޯޓީ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޕްރޯސިތު ރޯއިއެވެ.

18 ކުރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް ވަނީ 39.54 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް