ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 11:14
އިޝާން ޓައްކަރު އޭނާގެ ބޭބެ އަދި ފިލްމީ ތަރި ޝާހިދު ކަޕޫރާއި އެކު
އިޝާން ޓައްކަރު އޭނާގެ ބޭބެ އަދި ފިލްމީ ތަރި ޝާހިދު ކަޕޫރާއި އެކު
އިންސްޓަގްރާމް
އިޝާން ޓައްކަރު
އިޝާންގެ ބިޔޯންޑް ދަ ކްލައުޑްސް މިމަހުގެ 20 ގައި
 
ކުރިން މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މާޗް މަހުގެ 23 ވަނަ ދުވަހުގައި

ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ޓައްކަރުގެ ދެވަނަ  ފިލްމު ބިޔޯންޑް ދަ ކްލައުޑްސް މިމަހުގެ 20 ގައި ސިނަމާތަކަށް ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުރިން މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މާޗް މަހުގެ 23 ވަނަ ދުވަހުގައެވެ.

މި ފިލްމު ބިޔޯންޑް ދަ ކްލައުންޑްސްގެ ޓްރެއިލާ އާންމު ކޮށްފައި ވާއިރު ޓްރެއިލާއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.

މީގެ ކުރިން އިޝާން ކައިރިން އޭނާ ޝާހިދު އާއި ވާދަކޮށްފާނެތޯ އެހުމުން ބުނީ އޭނާ އާއި ޝާހިދުއަކީ އެއްޓީމެއް ކަމަށެވެ. ޝާހިދުގެ ފަރާތުން އޭނާއަށް ވަރަށްގިނަ އެއްޗެހިތައް ދަސްވެއްޖެ ކަމަށާއި ޝާހިދު އަކީ އޭނާގެ ތީޗަރ ކަމަށް އިޝާން ބުންޏެވެ. އިޝާން ބުނީ ޝާހިދުގެ ފިލްމުތައް ބަލައި އޭނާގެ ހުނަރުތައް ދަސްކުރާ ކަމަށެވެ.

މިފިލްމުގައި އިޝާންއާ އެކު ލީޑު ރޯލުން ފެނިގެންދާނީ މަލްވިލާ މޯހަނަން އެވެ. މީގެ އިތުރުން ގޯތަމް ގޯސް، ޝިވަމް ޕުޖާރީ އަދި ދުވާނީ ރާޖޭޝް ވެސް ބިޔޯންޑް ދަ ކްލައުޑްސް އިން ފެނިގެންދާނެއެވެ.

މި ފިލްމަކީ އީރާންގެ މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީ ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

ބިޔޯންޑް ދަ ކްލައުޑްސް ގައި ކިޔައި ދެނީ ފުރާވަރަށް އަރާފައިވާ ޔަތީމް ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް