ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 15:45
އަލިފާނުގެ ހާދިސާގައި މަރުވި ގިނަ މީހުންނަކީ ގައިދީން
އަލިފާނުގެ ހާދިސާގައި މަރުވި ގިނަ މީހުންނަކީ ގައިދީން
ޑެއިލީ މެއިލް
ވެނެޒުއޭލާ
ވެނެޒުއޭލާގެ ޕޮލިސް ކަސްޓޯޑިއަލްއެއްގައި ރޯވެ 68 މީހުން މަރުވެއްޖެ
އަލިފާން ރޯވާން ދިމާވި ސަބަބެއް ރަސްމީކޮށް އަދި އެނގިފައެއްނުވޭ
ހާދިސާގައި 68 މީހުން މަރުވި

ވެނެޒުއޭލާގެ ކަރަބޮބޯ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ވެލެންސިއާގެ ފުލުހުންގެ މަރުކަޒެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 68 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ޖަލުފަޅާލުމަށް ރާވައި ބުދަ ދުވަހު ގައިދީން ގޮދަޑިއެއްގައި ރޯކޮށްލުމުންނެވެ.

އަލިފާން ރޯވި ޚަބަރާ އެކު ސްޓޭޝަންގެ ކައިރިއަށް ދިޔަ ގައިންދީންގެ ގާތް ފަރާތްތައް ފޮނުވާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

ޗީފް ސްޓޭޓް ޕްރޮސިކިއުޓަރ ތާރިކް ސާބް ވިދާޅުވީ ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ވަގުތުން ފަށަންޖެހޭ ކަމަށެވެ.

ދައުލަތުގެ އޮފިޝަލެއް ކަމަށްވާ ޖީސަސް ސަންޓެންޑަރ ވިދާޅުވީ ގައިދީން ހަމައަކަށް އަޅުވައި ތަން ކޮންޓްރޯލްކޮށްފައި ވާކަމަށެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް ރަސްމީކޮށް އަދި އެނގިފައެއް ނުވެއެވެ.

ޖަލުތަކަށް ފާރަވެރިވާ ޖަމާއަތެއް ކަމަށްވާ "އެސޯސިއޭޝަން އުނަ ވެންޓަނާ އަ ލަ ލިބަރޭޓެޑް" އިން ބުނީ ޖަލުގެ އޮފިސަރަކު ގައިދީއެއްގެ ފަޔަށް ބަޑި ޖެހީ ކަމަށާއި އެއާ އެކު ގައިދީން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގޮދަޑިއެއްގައި ހުޅުޖެހީ ކަމަށެވެ.

ސަންޓެންޑަރ ވަނީ ފުލުހެއްގެ ގަޔަށް ބަޑިޖަހާފައި ވާކަން ކަށަވަރުކޮށްދީފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރި ފަރާތްތަކުން ވަނީ ތަނުގެ ތެރޭގައި ތާށިވެފައި ތިބި ފަރާތްތައް ސަލާމަތްކުރުމަށް ފާރުތަޅާލައިގެން ވެސް މަސައްކަތްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސާބް ވިދާޅުވި ގޮތުގައި ޖަލަށް އެވަގުތު ޒިޔާރަތްކުރި ދެ  އަންހެނަކު ފިޔަވައި މަރުވި އެންމެންނަކީ ވެސް ގައިދީން ކަމަށް ސާބް ވިދާޅުވިއެވެ.

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް