ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 12:17
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގޫގުލް
ބޮލީވުޑް
ސައިފް އަލީ ޚާންއާޢި އަމްރިތާ ސިންގގެ ދަރިފުޅު ސާރާގެ 'ސިމްބާ' ޑިސެމްބަރ މަހު ރިލީޒް ކުރަނީ
 
ސާރާގެ އެހެން ފިލްމެއް އަންނަ އަހަރު ޖެނުއަރީގައި ރިލީޒް ކުރަންވަނީ ހަމަޖެހިފައި
 
ސައިފްއާއި އަމްރިތާގެ ދެ ކުދިން ތިބޭ
 
ކަރީނާއާ ކައިވެނި ކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާއާ ކައިވެނިކޮށްފަ

އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ތަރިން، ނުވަތަ ލެޖެންޑުންގެ ދަރިން އިންޑަސްޓްރީން ފެންނާނެ ދުވަހަކަށް ގިނަ މީހުން އިންތިޒާރު ކުރެއެވެ.

އެގޮތުން ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގަރ އަދި ޝަތްރޫގަން ސިންހާގެ ދަރިފުޅު ސޮނާކްޝީއަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކުރެވޭ ތަރިންތަކެކެވެ. މީގެ އިތުރުން، ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ނިޔާވި، ސްރީދޭވީ ކަޕޫރުގެ ދަރިފުޅު ޖާންވީވެސް މިއަހަރު ފިލްމަކުން ފެނިގެންދާނެއެވެ.

ބޮލީވުޑްގެ ޕަވަރކަޕްލްއެއްކަމަށް ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު މިހާރު ވިނަމަވެސް، ސައިފް 1991އިން 2004 ވަނަ އަހަރާ ހަމައަށް އުޅުނީ އަމްރިތާ ސިންގާ ކައިވެނިކޮށްގެންނެވެ.

މި ދެ މީހުންގެ ދެ ކުދިން ހުރެއެވެ. ސާރާ އަލީ ޚާންއާއި އިބްރާހިމް އަލީ ޚާންއެވެ.

މިހާރު އެންމެ ހޫނު އެއް ވާހަކައަކީ، ސައިފްއާއި އަމްރިތާގެ އަންހެން ދަރިފުޅު ސާރާ ފިލްމީ ދުނިޔެއަށް ނިކުންނަ ވާހަކައެވެ.

މީގެ ކުރިންވެސް ސާރާގެ ވާހަކަ ވަނީ ދެކެވިފައެވެ. މަޝްހޫރު ޑައިރެކްޓަރެއްކަމަށްވާ އަބިޝޭކް ކަޕޫރު ވަނީ ސާރާއަށް ބޮލީވުޑްގެ "ޓިކެޓް" ދޭން ނިންމާފައެވެ. އޭނާގެ ފިލްމް "ކެޑަރްނާތު"ން ސާރާއަށް މައި ރޯލެއް ދީފައިވާއިރު، ފިލްމްގެ ޝޫޓިންގ ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހެެވެ.

 ނަމަވެސް ޖެހުނު މައްސަލައަކާ ގުޅިގެން އަބީޝޭކަށް އެކަން ނުވެގެން އުޅެނިކޮށް، މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރު ވަނީ ސާރާ ފިލްމަކަށް ސޮއެ ކުރުވާފައެވެ. އެއީ ރަންވީރު ސިންގާއެކު، ރޯހިތު ޝެޓީގެ "ސިމްބާ"އިންނެވެ.

ސިމްބާ ރިލީޒް ކުރަން ހަމަޖެހިފައިވަނީ 28 ޑިސެމްބަރުގައެވެ. ކެޑަރްނާތު ރިލީޒް ކުރަން ކުރިން ނިންމާފައިވަނީ 21 ޑިސެމްބަރުގައެވެ. ނަމަވެސް މިހާރު ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީއަށް ފަސް ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
33%
0%
0%
33%
0%
33%
ކޮމެންޓް