ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 12:15
އެމިނެމް
އެމިނެމް
ގޫގުލް
އެމިނެމް
އެމިނެމް 'ފްރޭމް' ކުރީ؟
 
، ލަވަ އެއްކޮށް ރިލީޒް ކުރާ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވޭ
 
ފްރޭމްޑްއަކީ އޭނާ 2017 ވަނަ އަހަރު ރިލީޒް ކުރި "ރިވައިވަލް"ގެ ލަވައެއް
 
"ފްރޭމްޑް"ގެ ވީޑިއޯގެ ޓީޒަރ ރިލީޒްކޮށްފައިވަނީ ބުދަ ދުވަހު

ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް އެމިނެމް، ނުވަތަ މާޝަލް މެތަރސްގެ "ފްރޭމްޑް" ވީޑިއޯގެ ޓީޒަރ ރިލީޒްކޮށްފިއެވެ.

އޭނާ 2017 ވަނަ އަހަރު ރިލީޒް ކުރި "ރިވައިވަލް" އަލްބަމްއިން ފޭނުންނަށް އެންމެ ފާހަގަ ކުރެވުނު ލަވައަކީވެސް "ފްރޭމްޑް"އެވެ. އަދި އެ ލަވައިން "ކުރީގެ އެމިނެމް" އަޑު އިވިގެންދާކަމަށް ފޭނުން ބުނެފައިވަނިކޮށް، ރިލީޒް ކުރި ޓީޒަރ އިން ވެސް ކުރީގެ އެމިނެމް ހަނދާންވެއެވެ.

ޓީޒަރއިން ފެންނަނީ "ސްޓޭން ޑްރެސްޑަން" ކިޔާ ރިޕޯޓަރެކެވެ. އެމިނެމްގެ ސަޕޯޓަރެއް ވެއްޖެއާ ސްޓޭންއާ އެމިނެމްއާ އޮންނަ ގުޅުން އިނގޭނެއެވެ. އެއީ އޭނާ ކުޑައިރު ދިރިއުޅުނު މަގަށް ކިޔާ ނަމެވެ. އަދި "ސްޓޭން" ކިޔާ ލަވައެއް އެމިނެމް 2000 ވަނަ އަހަރު ރިލީޒްކޮށްފައިވާ އިރު، އެމިނެމް ސްޓޭން ސިފަ ކުރަނީ އާނޭގެ "އެންމެ ބޮޑު ފޭން"ގެ ގޮތުގައެވެ.

ސްޓޭން ޑްރެސްޑަން ފެންނަނީ ގެއެއް ކުރިމަތީގައި ޓީވީއަށް "ބްރޭކިންގ ނިއުސް"އެއް ދޭ މަންޒަރެވެ. އެގޭ ތެރޭގައި ކޮންމެވެސް މާރާމާރީއެއް ހިނގާފައިވާކަމަށް ބެލެވެއެވެ. ގޭ ތެރޭގައި ތިބި އެންމެން މަރާލާފައިވާތަން ބެލުންތެރިންނަށް ފެނެއެވެ. އަދި އެ ތަނުގައި އެމިނެމް އިނދެއެވެ. މާޝަލް މެތާސް އެސައިލަމް އަކުން ފިލާފަވާތާ ދެ ހަފްތާ ވެފައިވާކަމށް ޑްރެސްޑަން ރިޕޯޓްކުރެއެވެ.

މި ލަވައިގެ ޓީޒަރ ބުދަ ދުވަހު ރިލީޒްކޮށްފައިވާއިރު، ލަވަ އެއްކޮށް ރިލީޒް ކުރާ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް ލައްކައެއްހާ މީހުންވަނީ ޓީޒަރ ވިއުކޮށްފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ފާޑު ކިޔާ އެމިނެމްގެ "ފްރޭމްޑް"ގައިވެސް ޓްރަމްޕަށް ވަނީ ފާޑު ކިިޔާފައެވެ.  އެ ލަވައިގައި ޓްރަމްޕަށް "ޑޮނަލްޑް ޑަކް" ކިޔާފައިވާއިރު، ޓްރަމްޕްގެ ދަރިފުޅު އިވާންކާ އެމިނެމް ކާރުގެ ޑިކީއަށް ލެވުނީ ކިހިނެތްތޯ ލަވައިގައި އޭނާ ސުވާލު ކުރެއެވެ.

2013 ވަނަ އަހަރަށް ފަހު ބްރޭކެއް ނެގުމަށް ފަހު މިދިޔަ އަހަރު ރިލީޒް ކުރި ރިވައިވަލްއަކީ އެމިނެމްގެ ނުވަވަނަ ސްޓޫޑިއޯ އަލްބަމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް