ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 11:51
ޓައިރާ ބޭންކްސް
ޓައިރާ ބޭންކްސް
ގޫގުލް
ޓައިރާ ބޭންކްސް
މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!
 
ޓައިރާ ވަނީ މަންމަ، ކެރޮލައިންއާ އެކު "ޕަރފެކްޓް އިޒް ބޯރިން" ކިޔާ ފޮތެއް ލިޔެފައި
 
އޭނާއަށް މިހާރު އުމުރުން 44 އަހަރު، އަދި އެއީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މޮޑެލް
 
ޓައިރާ ބޭންްކްސް މޮޑެލް ކުރަން ފަށާފައިވަނީ އުމުރުން 15 އަހަރުގައި

އުމުރުން 15 އަހަރުގައި މޮޑެލް ކުރަން ފެށި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް މޮޑެލްކަމަށްވާ ޓައިރާ ބޭންކްސް ނޭފަތުގެ ސަރޖަރީ ހެދިކަމަށް އެއްބަސްވެއްޖެއެވެ.

އުމުރުން 44 އަހަރުގެ ޓައިރާގެ ހަޔާތަށް ބިނާކޮށް ލިޔެފައިވާ "ޕަރފެކްޓް އިޒް ބޯރިންގ" އަންނަ އޭޕްރިލް މަހު 4 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، މި ފޮތުގައި އޭނާގެ ކެރިއާއާއި އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ވަނީ ކިޔައިދީފައެވެ.

މަންމަ ކެރޮލައިން ލަންޑަންއާއެކު ލިޔެފައިވާ މި ފޮތުގައި ޓައިރާގެ މޮޑެލިންގ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި "ނޯޒް ޖޮބް"އެއް ހަދަން ނިންމި ނިންމުމާ ބެހޭ މައުލޫމާތުވެސް ހިމެނެއެވެ. މިއީ ނޭފަތުގެ ސަރޖަރީ ހެދިކަމަށް ޓައިރާ އެއްބަސްވި ފުރަތަމަ ފަހަރެވެ.

"އަހަރެންގެ ނޭފަތުގެ ތެރޭގައި ކަށިތަކެއް ހުރެ، ވަރަށް ބޮޑަށް ކަހާ ހެދި. އެއްވެސް އުނދަގުލެއް ނެތި ނޭވާލާ ހެދުނު، އެކަމަކު ކޮސްމެޓިކް ސަރޖަރީ ހަދަން ނިންމީ،" ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި ވާހަކަތައް އާންމުންނާއި ހިއްސާ ކުރަން ނިންމީ "ހަގީގަތަށް ވާހަކަ ދެއްކުމަކީ ޒިންމާއެއް"ކަމަށް ގަބޫލު ކުރެވޭތީކަމަށްވެސް ޓައިރާ ބުންޏެވެ.

ގުދުރަތީ ރީތަކަމަކީ "އަންފެއާ" އެއްޗެއްކަން ފާހަގަކޮށް ޓައިރާ ބުނީ އެފަދަ ރީތިކަމެއް ލިބިފައިވާ ފަރާތެއް އެހެން މީހަކު ރީތިވާން ކުރާ ކަންކަމަށް ފާޑު ކިޔުމަކީ ވަރަށް އުނދަގޫވާ ކަމެއްކަމަށެވެ. އަދި އެމީހެެއްގެ އަމިއްލަ "ބެސްޓް" ފީލްވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އޭނާ ތާއީދު ކުރާކަމަށް ޓައިރާ ބުނެފައިވެއެވެ.

1990ގެ އަހަރުތަކުން ފެށިގެން މޮޑެލިން ދުނިޔެއިން ފެންނަ ޓައިރާއަކީ މުޅި ދުނިޔޭގެވެސް އެންމެ މަޝްހޫރު އެއް މޮޑެލްއެވެ. އޭނާއަކީ ޖީކިއު އަދި ސްޕޯޓްސް އިލަސްޓްރޭޓެޑް ފަދަ މަޖައްލާތަކުން ފެނިގެން ދިޔަ ފުރަތަމަ ކަޅު ނަސްލުގެ މޮޑެލްއެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް އޭނާއަކީ ވިކްޓޯރިއާސް ސީކްރެޓްގެ އޭންޖަލްއެއްވެސް މެއެވެ.

އޭނާގެ އެކްޓިންގ ކެރިއަރ ފަށާފައިވަނީ 1993 ވަނަ އަހަރު، މަޝްހޫރު ސީރީޒް "ފްރެޝް ޕްރިންސް އޮފް ބެލް އެއާ"އިން ނެވެ. އެއަށްފަހު 1995ގެ ހަޔަރ ލަރނިންގ އިން ޓައިރާގެ ފުރަތަމަ ފިލްމްގެ ރޯލް ލިބުނެވެ. އޭގެ ފަހުން، ވޭތުވެދިޔަ އަހަރު ތަކުގައި ޓައިރާ ޓީވީ ޝޯވތަކުންނާއި ފިލްމްތަކުން ފެނިފައިވެއެވެ.

ނަމަވެސް ޓައިރާގެ އެންމެ ބޮޑު ކާމިޔާބީ އަކީ އޭނާ 2003 ވަނަ އަހަރު އުފެއްދި "އެމެރިކާސް ނެކްސްޓް ޓޮޕް މޮޑެލް"އެވެ. އެ ޝޯވ މިހާރު 24 ވަނަ ސީޒަންގެ އުޅޭއިރު، ޓައިރާ އަކީ މިހާރު "އެމެރިކާސް ގޮޓް ޓެލެންޓް"ގެ ހޯސްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
100%
0%
0%
0%
0%
ކޮމެންޓް