ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 11:46
\'ވަކިން ލޯބިން\'، \'ވާށޭ މަށާއެކީ\' އަދި \'މިއީ ލޯތްބަކީ\'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު
'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ޑާކް ރެއިން އެންޓަޓެއިންމަންޓް
'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު
 
2006ވަނަ އަހަރު ލޯންޗް ކުރި ޑާކް ރެއިން އެންޓަޓެއިންމަންޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް
 
"ވަކިން ލޯބިން" 6 އޭޕްރިލްގައި، "ވާށޭ މަށާއެކީ" 12 އޭޕްރިލްގައި އަދި "މިއީ ލޯތްބަކީ" 13 އޭޕްރިލްގައި
 
"ވަކިން ލޯބިން"، "ވާށޭ މަށާއެކީ" އަދި "މިއީ ލޯތްބަކީ"ގެ ޝޯވތަކެއް އޭޕްރިލް މަހު އޮލިމްޕަހުގައި އެޅުވުމަށް ވަނީ ހަމަޖެހިފައި

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހަައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ތިން ފިލްމެއް އަންނަ މަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިއްޖެއެވެ.

2006 ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމް ސްޓޫޑިއޯއިން މަޝްހޫރު ގިނަ ފިލްމްތަކެއް ތައްޔާރުކޮށްފައިވާ އިރު، އޭޕްރިލް މަހު އަޅުވަން ހަމަޖެހިފައިވަނީ އެ ސްޓޫޑިއޯގެ "މިއީ ލޯތްބަކީ"، "ވާށޭ މަށާއެކީ" އަދި "ވަކިން ލޯބިން"ނެވެ.

އެގޮތުން، 6 އޭޕްރިލްވާ ހުކުރު ދުވަހު "ވަކިން ލޯބިން" އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާއިރު، "ވާށޭ މަށާއެކީ" އަޅުވަން ހަމަޖެހިފައިވަނީ 12 އޭޕްރިލްގައެވެ. އަދި "މިއީ ލޯތްބަކީ" އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވަނީ 13 އޭޕްރިލްގައެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ މި ފިލްމްތައް ކުރިން ބަލަން ފުރުސަތު ނުލިބުނު ފަރާތްތަކަށް ފިލްމްތައް ބަލާލަން އަލުން ފުރުސަތެއް ލިބޭއިރު، ޓިކެޓް މިހާރު އޮލިމްޕަހުން ލިބޭނެއެވެ.

"ރޮމް-ކޮމް"އަށް މަޝްހޫރު މި ސްޓޫޑިއޯގެ ކޮންމެ ފިލްމެއްވެސް އެހާމެ ތަފާތު އިރު، ބެލުންތެރިންނާއި ފާޑުކިޔާ ފަރާތްތަކުން ވަނީ ފިލްމްތައް ބަލައިގަނެފައެވެ. ބެލުންތެރިންގެ ތެރޭގައި ފިލްމްތަކުގެ ވާހަކަތަކާއި ތައްޔާރު ކުރުމުގެ މޮޅު ވާހަކަ ދެކެވޭއިރު، ޑާކް ރެއިން އެންޓަޓެއިންމަންޓް ވަނީ ގިނަ އެވޯޑްތަކަށް ނޮމިނޭޓްވެ، އެވޯޑްތައް ކާމިޔާބުކޮށްފައެވެ.

އެގޮތުން، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރެއްކަމަށްވާ އަލީ ޝިފާއު (ޗިއްޕެ) އަށް ގައުމީ ފެންވަރުގެ 11 އެވޯޑް ލިބިފައިވާއިރު، ޑާކް ރެއިން އެންޓަޓެއިންމަންޓަށް 51 ގައުމީ ފިލްމް އެވޯޑް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް