ކ. މާލެ
|
28 މާރޗް 2018 | ބުދަ 14:40
ބްރައުން ވާސަސް ބޯޑް އޮފް އެޑިއުކޭޝަންއަކީ ލިންޑާގެ އާއިލާގެ މަޝްހޫރު މަސައްކަތް
ބްރައުން ވާސަސް ބޯޑް އޮފް އެޑިއުކޭޝަންއަކީ ލިންޑާގެ އާއިލާގެ މަޝްހޫރު މަސައްކަތް
ޔޫޓިއުބް
ލިންޑާ ބްރައުން
ސްކޫލްތަކުގެ ނަސްލީ ތަފާތުކުރުން ނައްތާލި ލިންޑާ އުމުރުން 75 އަހަރުގައި މަރުވެއްޖެ
ލިންޑަ ބްރައުން މަރުވީ އުމުރުން 75 އަހަރުގައި

މަދަނީ ހައްގުތަކަށް ގުރުބާންވެ ވަޑައިގެންނެވި އެމެރިކާގެ އެކްޓިވިސްޓް ލިންޑަ ބްރައުން އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ.

ލިންޑާ މަރުވި ޚަބަރު މާޗްމަހުގެ 26 ވަނަ ދުވަހު ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ލިންޑާ މަރުވެފައި ވަނީ މާޗް މަހުގެ 25 ވަނަ ދުވަހު ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ލިންޑާގެ ބައްޕައަކީ 1954 ވަނަ އަހަރު ނަސްލީ ތަފާތުކުރާމާއި ދެކޮޅަށް ކެންސަސްގެ ދޮންމީހުންނަށް ކިޔަވައިދޭ ސްކޫލްތަކާއި ދެކޮޅަށް ދައުވާކޮށް ކާމިޔާބު ކުރި ފަރާތެވެ.

އެ ދައުވާ މަޝްހޫރުވެފައި ވަނީ ބްރައުން ވާސަސް ބޯޑް އޮފް އެޑިއުކޭޝަންގެ ނަމުންނެވެ.

ދޮން ނަސްލުގެ ކުއްޖަކަށް ނުވާތީ ލިންޑާ ސްކޫލުން ބޭރުކުރިއިރު އޭނާގެ އުމުރަކީ އެންމެ ނުވަ އަހަރެވެ.

ބްރައުންއަކީ މީގެ 60 އަހަރު ކުރިން ސިވިލް ރައިޓްސް މޫވްމެންޓާއި އެމެރިކާގެ ސްކޫލްތަކުގައި ދޮންމީހުންނާއި ކަޅު މީހުން ވަކިން ބޭތިއްބުން ނިމުމަކަށް ގެނުވި ހަރަކާތުގެ މޭސްތިރިއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް