ކ. މާލެ
|
28 މާރޗް 2018 | ބުދަ 14:15
އެވެންޖަރސް: އިންފިނިޓީ ވޯ ޕޯސްޓަރ
އެވެންޖަރސް: އިންފިނިޓީ ވޯ ޕޯސްޓަރ
ގޫގުލް
އެވެންޖަރސް: އިންފިނިޓީ ވޯ
މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟
'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަނީ އޭޕްރިލް 27 ގައި
ފިލްމުން މާވެލް ދުނިޔޭގެ ގިނަ ހީރޯންތަކެއް ފެނިގެން ދާނެ
އިންފިނިޓީ ވޯގައި ކޮންމެވެސް އެއް މުހިއްމު ކެރެކްޓަރއެއް މަރުވާނެ

މާވެލް އަދި ޑިޒްނީގެ "އެެވެންޖަރސް: އިންފިނިޓީ ވޯ" ރިލީޒްކުރަން މިހާރު މިވަނީ މަހެއްހާ ދުވަހަށް ވެފައެވެ.

27 އޭޕްރިލްގައި ރިލީޒް ކުރާ މި ފިލްމްގެ އެންމެ ފަހުން ރިލީޒް ކުރި ޓްރެއިލަރ ވެސް ބޮޑު ކާމިޔާބީއަކަށް ވެފައިވާއިރު، ފިލްމްގެ އިންތިޒާރުގައި ތިބި ފަރާތްތައް ވަރަށް ގިނައެވެ. ޓްރެއިލަރ ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭ 230 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

މާވެލްގެ އެންމެ ފަހުގެ ފިލްމް، "ބްލެކް ޕެންތާ" މިހާތަނަށް އެންމެ ކާމިޔާބުވި ސުޕަރ-ހީރޯ ފިލްމަށް ވެގެން ދިޔަތާ އަދި ހަފްތާއެއް ނުވެއެވެ. ސުވާލަކީ، އިންފިނިޓީ ވޯ ކާމިޔާބުވަނީ ކިހާ ވަރެއް އާމްދަނީއަށް ލިބިގެންތޯއެވެ.

ބްލެކް ޕެންތާއަށް އެމެރިކާ އިން އެކަނި 600 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވާއިރު، މުޅި ދުނިޔެއަށް ބަލާއިރު އެ ފިލްމަށް 1.3 ބިލިއަން ޑޮަލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. މިވަރު އާމްދަނީއެއް ލިބިއްޖެ ނަމަ ފިލްމަކީ ކާމިޔާބީއެއްކަން ޔަގީނެވެ.

އިންފިނިޓީ ވޯއިން މާވެލްގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިންފިނިޓީ ވޯ ބެލެކް ޕެންތާހާ ކާމިޔާބެއް ނުވާނެއެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އިންފިނިޓީ ވޯއަށް އެމެރިކާ ތެރެއިން ލިބޭނީ 400 މިލިއަން ޑޮލަރެވެ. އަދި މުޅި ދުނިޔެއިން ލިބޭނީ 1.1 ބިލިއަން ޑޮލަރު ވަރެވެ. ނަމަވެސް، ބްލެކް ޕެންތާގެ ކާމިޔާބީއާ އެކު އިންފިނިޓީ ވޯއަށް "ބޫސްޓެއް" ލިިގެންދާނެ ކަމަށް ގިނަ ކްރިޓިކްސް ގަބޫލު ކުރެއެވެ.

"އެެވެންޖަރސް: އިންފިނިޓީ ވޯ"އިން މޭވެލްގެ ގިނަ ސުޕަރ-ހީރޯސް ފެނިގެންދާއިރު، އޭގެ ތެރޭގައި އަޔަންމޭން، ތޯރ، ކެޕްޓަން އެމެރިކާ، ބްލެކް ވިޑޯ، ހަލްކް، ސްޕައިޑަރމޭން، އޭންޓްމޭން، ޑޮކްޓަރ ސްޓްރޭންޖް، ލޯކީ އަދި ގަރޑިއަންސް އޮފް ދަ ގެލެކްސީން ފެނިގެންދާ ގްރޫޓް، ސްޓާ ލޯޑް، ގަމޯރާ. ވިޝަން އަދި ބްލެކް ޕެންތާއާއި އެ ފިލްމުގެ އެހެން ބައެއް ކެރެކްޓަރުން ހިމެނެއެވެ. ފިލްމްގެ ވިލަން އެއް ގޮތުގައި ފެންނާނީ ތަނޯސްއެވެ. އަދި އިންފިނިޓީ ވޯގައި ކޮންމެވެސް އެއް ސުޕަރ-ހީރޯއެއް މަރުވެގެންދާނެ ކަމަށް ފިލްމް ތައްޔާރު ކުރި ފަރާތްތަކުން ކަށަވަރު ކޮށްދީފައިވެއެވެ.

- ކޮމެންޓް