ކ. މާލެ
|
28 މާރޗް 2018 | ބުދަ 15:04
ކައިލީ ޖެނަރއާއި ދަރިފުޅު ސްޓޯމީ
ކައިލީ ޖެނަރއާއި ދަރިފުޅު ސްޓޯމީ
އިންސްޓަގްރާމް
ކައިލީ ޖެނަރ
ޓްރަމްޕާ ގުޅުން ހިންގި ކަމަށް ބުނާ ސްޓޯމީ ޑެނިއަލްސްއާ ދަރިފުޅު 'ސްޓޯމީ'އާ އަޅުވާ ކިޔާތީ ކައިލީ ޖެނަރ ރުޅި އައިސްފި!
 
ސްޓޯމީ ޑެނިއަލްސްގެ ނަން ހަބަރުތަކުން އަވަހަށް ގެއްލޭނެކަމަށް ކައިލީ އުއްމީދު ކުރޭ
 
ޕޯން ސްޓާއެއްގެ ނަން ދަރިފުޅަށް ކިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ކައިލީއަށް ޖޯކް ޖަހަމުން
 
ސްޓޯމީ އުފަންވެފައިވަނީ 1 ފެބްރުއަރީގައި

ހޮލީވުޑްގެ ތަރިންނަކީ އެމީހުންނަށް ލިބޭ ކުދިންނަށް ވަރަށް ވިސްނައިގެން "ތަފާތު" ނަންތައް ކިޔާ ބައެކެވެ. އެޕަލް، ބްލޫ އައިވީ، ނޯތު، ސެއިންޓް އަދި ކޮކޯ އަކީ ފާހަގަ ކޮށްލެވޭ ނަމެވެ.

ފެބްރުއަރީ 1 ގައި މަޝްހޫެރު ރިއަލިޓީ ތަރި ކައިލީ ޖެނަރ ވަނީ އަންހެން ކުއްޖެއް ވިހާފައެވެ. އަދި ދައްތަ ކިމް ކާޑޭޝިއަން ވެސްޓް ފަދައިން އޭނާ ވެސް ދަރިފުޅަށް ދިނީ ތަފާތު ނަމެކެވެ. ކައިލީ އާއި ޓްރެވިސް ސްކޮޓަށް ލިބުނު ފުރަތަމަ ދަރިފުޅަށް ކިޔާފައިވަނީ ސްޓޯމީ ވެބްސްޓަރއެވެ.

ތަފާތު ނަމެއްކީ ނަމަވެސް، ސްޓޯމީ އުފަންވިތާ މަހެއްހާ ދުވަސް ފަހުން އިތުރު ސްޓޯމީއެއް ހަބަރުތަކުގެ ހެޑްލައިންސް ދަމައިގަތެވެ. އެއީ ސްޓޯމީ ޑެނިއަލްސްއެވެ. އިނގިރޭސި ބަހުން ލިޔާއިރު ދެ ނަމުގެ ސްޕެލިންގ ތަފާތު ވިނަމަވެސް، ނަން ކިޔެނީ އެއްގޮތަކަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޭނާއާ 2006 ވަނަ އަހަރު ގުޅުންތަކެއް ހިނގާފައިވާ ކަމަށް ސްޓޯމީވަނީ ތުހުމަތުކޮށްފައެވެ. މި ކަންތައް ސިއްރު ކުރުމަށް އޭނާއަށް 130،000 ޑޮލަރު ދީފައިވާ ކަމަށް ބުނާއިރު، އޭނާވަނީ އެކަމާ ގުޅޭގޮތުން ސީބީއެސްގެ "60 މިނިޓްސް"އަށް ހާއްސަ އިންޓަވިއުއެއް ދީފައެވެ. އަދި ސްޓޯމީ "ނަން ޑިސްކްލޯޝަރ އެގްރިމެންޓް"އަކާ ހިލާފުވެފައިވާ ކަމަށް ބުނެ 20 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޓްރަމްޕްގެ ވަކީލުވަނީ ހުށަހަޅާފައެވެ. ސްޓޯމީ ޑެނިއަލްސްއަކީ ޕޯން ސްޓާއެކެވެ.

ސްޓޯމީ ޑެނިއަލްސްގެ ހަބަރުތަކާ ހެދީ ކައިލީ ހިތްހަމަ ނުޖެހިގެން އުޅޭ ކަމަށް ހޮލީވުޑް ލައިފްއިން ރިޕޯޓްކޮށްފައިވާ އިރު، ބައެއް ފަރާތްތަކުން ދަނީ ކައިލީ ދަރިފުޅަށްކީ ޕޯން ސްޓާއެއްގެ ނަން ކަމަށް ބުނެ ޖޯކް ޖަހަމުންނެވެ. އެހެންކަމުން ސްޓޯމީ ޑެނިއަލްސްގެ ނަން ވީހާވެސް އަވަހަށް ހަބަރުތަކުން ގެއްލިދާނެ ކަމަށް ކައިލީ އުއްމީދު ކުރަމުންދާ ކަމަށް ހޮލީވުޑް ލައިފްއިން ރިޕޯޓްކޮށްފައިވެއެވެ.

ކައިލީ ސްޓޯމީ ޑެނިއަލްސްއާ ކިތަންމެ ދުރުވާން މަސައްކަތް ކުރި ނަމަވެސް، ސްޓޯމީވެސް ވަނީ މިކަމާ ގުޅޭ ގޮތުން ޖޯކް ޖަހާ، ސްޓޯމީ ކިޔާ ކުޑަ ކުދިންގެ ސަބަބުން "ވަރަށް އުނދަގޫ"ތަކާ ކުރިމަތިވާނެކަމަށް ބުނެފައެވެ.

ދަރިފުޅުގެ ނަން އިއުލާން ކުރުމަށް ފަހު، ކޮސްމެޓިކްސް ދުނިޔޭގައި އެންމެ ކާމިޔާބު އެއްފަރާތް ކަމަށްވާ ކައިލީ ވަނީ "އައި އޮފް ދަ ސްޓޯމް" މޭކް-އަޕް ކަލެކްޝަން ލޯންޗްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
0%
60%
40%
ކޮމެންޓް