ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 12:03
ބިޔޯންސޭ ނޯލްސް
ބިޔޯންސޭ ނޯލްސް
ގޫގުލް
ބިޔޯންސޭ ނޯލްސް
ބިޔޯންސޭގެ މޫނުގައި ދަތް އެޅީ ކާކު؟
 
ބިޔޯންސޭގެ ޓީމުން ބުނީ އެކަމާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް
 
މި ވާހަކަ ދައްކާފައިވަނީ "ގަރލްސް ޓްރިޕް" އިން ފެނިގެންދާ ޓިފަނީ ހެޑިޝް
 
މި ހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު

އެމެރިކާގެ ހިއުސްޓަން އަށް އުފަން ބިޔޯންސޭ ނޯލްސް އަކީ މުޅި ދުނިޔެ އަށް ނަން މަޝްހޫރު ތަރިއެކެވެ.

100 މިލިއަން ރެކޯޑްސް އޭނާ މިހާތަނަށް ވިއްކާފައިވާއިރު، ބިޔޯންސޭ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. 24 އެމްޓީވީ މިއުޒިކް އެވޯޑާއި 22 ގްރެމީ އެވޯޑް ލިބިފައިވާ ބިޔޯންސޭގެ ކާމިޔާބީއާއި ހުނަރާއިމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ "ކުއީން ބީ"ގެ ވެސް "ހޭޓަރސް" ހުންނަކަން އެއީ އިނގޭ ކަމެެކެވެ. އެގޮތުން، އެންމެ ފަހުން ހޮލީވުޑްގައި ފެތުރިގެން އުޅޭ ހަބަރަކީ ބިޔޯންސޭގެ މޫނުގައި އަންހެން އެކްޓަރަކު ދަތް އެޅި ވާހަކައެވެ.

މި ވާހަކަ ދައްކާފައިވަނީ 2017 ވަނަ އަހަރުގެ ފިލްމެއްކަމަށްވާ "ގަރލްސް ޓްރިޕް"އިން ފެނިގެންދިޔަ ކޮމީޑިއަން ޓިފަނީ ހެޑިޝްއެވެ. ޖީކިއު އިންޓަވިއުއަށް ދިން އިންޓަވިއުއެއްގައި ޓިފަނީ ބުނީ ޑިސެންބަރު މަހު އޮތް ޕާޓީއެއްގެ ތެރޭގައި މަޝްހޫރު އެކްޓްރެސްއެއް ބިޔޯންސޭ މޫނުގައި ދަތް އެޅި ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.

އަދި އެ ވާހަކަ އެނގިގެން އެ އަންހެން މީހާއާ ކުރިމަތިލާން އުޅުމުން އެހެން ކަންތައް ނުކުރަން ބިޔޯންސޭ އެދުނު ކަމަށާއި، ހަމައެކަނި ބުނި އެއްޗަކީ އެ މީހާ ހުރީ "ޑްރަގްސް" ނަގައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބިޔޯންސޭ، ނުވަތަ އޭނާގެ ޓީމުން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ބިޔޯންސޭގެ ރެޕްރެޒެންޓޭޓިވް ބުނީ "ތިކަމާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ނޭނގޭ" ކަމަށެވެ.

ޓިފަނީގެ އިންޓަވިއުއަށް ފަހު މުޅި ސޯޝަލް މީޑިއާ ވަނީ ހޫނު ވެފައެވެ. އަދި މި އެކްޓްރެސްއަކީ ކާކުތޯ ހޯދުމުގެ މަސައްކަތް ބިޔޯންސޭގެ ފޭނުން، ނުވަތަ "ބޭ ހައިވް"އިން ފެށިއެވެ. އޭގެ ތެރޭގައި މަޝްހޫރު މޮޑެލް އަދި ޖޯން ލެޖެންޑްގެ އަންހެނުން، ކްރިސީ ޓީގަން ހިމެނެއެވެ.

ބިޔޯންސޭ މޫނުގައި ދަތް އެޅީ ކާކުކަން ނޭނގި ނޫޅެވޭނެ ކަމަށް ކްރިސީ ޓްވީޓް ކޮށްފައިވެއެވެ. އަދި މިފަދަ ކަމެއް ކުރާނެ ފަރާތެއް އިނގޭ ކަމަށާއި އެއީ ކާކު ކަން ނުބުނެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ އެންމެ "ގޯސް" މީހާ ކަމަށް ވެސް ކްރިސީ ސިފަ ކުރިއެވެ.

ނަމަވެސް، ކްރިސީ ފަހުން ކުރި ޓްވީޓަކުން ދަތް އެޅީ ކާކުކަން އޭނާއަށް އެނގިއްޖެކަން ހާމަވިއެވެ. އެއީ އޭނާ ހިތަށް އެރި މީހާ ނޫން ކަމަށާއި، އަދި އެއީ "ދުވަހަކު ވެސް ގެސް ނުކުރެވޭނެ މީހެއް" ކަމަށް ބުންޏެވެ.

އެއީ ކާކުކަން ބުނެ ދިނުމަށް 'ބޭ ހައިވް' އިން އާދޭސް ކުރުމުންވެސް ކްރިސީ ބުނީ އެއީ ކާކުކަން ހާމަ ކުރެވެން ނެތް ކަމަށާއި، "މިހާރުވެސް މާ ގިނަ ވާހަކަ ދެއްކިއްޖެ "ކަމަށެވެ.

"ކަންކަން އެނގުމަކީ ކަރސްއެއް،" ކްރިސީ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
0%
0%
0%
0%
0%
100%
ކޮމެންޓް