ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 01:56
އެންމެ ފުރަތަމަ އަލިފާން ހިފާފައިވަނީ އިމާރާތުގެ އެންމެ މަތީ ބުރީގައި
އެންމެ ފުރަތަމަ އަލިފާން ހިފާފައިވަނީ އިމާރާތުގެ އެންމެ މަތީ ބުރީގައި
އައިޓީވީ ނިއުސް
ރަޝިއާ
ރަޝިއާގެ ޝޮޕިން ކޮމްޕްލެކްސްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 64 އަށް އަރައިފި
އަލިފާން ނިއްވުމަށް 17 ގަޑިއިރު ހޭދަވި

ރަޝިއާގެ ބައެއްގެ ގޮތުގައިބަލާ ސައިބީރިޔާގެ ބޯޓްދެލި ނަގާ ސަރަހައްދެއް ކަމަށްވާ ކެމެރޯވޯ ސިޓީގެ މޯލްއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 64 އަށް އަރައިފިއެވެ.

ރަޝިއާގެ އިމަޖެންސީ ހާލަތްތަކާ ބެހޭ މިނިސްޓަރު ވްލަޑީމިއާ ޕުޗްކޯވް ހޯމަ ދުވަހު ޓީވީ މެދުވެރިކޮށް ވިދާޅުވީ އަލިފާން ރޯވި ޝޮޕިން މޯލްގެ ހަތަރު ފްލޯ, އަލިފާން ނިއްވާ މީހުން ރަނގަޅަށް ބަލާ ނިންމާފައިވާ ކަަމަށެވެ. އެހެންނަމަވެސް އަދި ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ނުވާ ކަމަށް ޕުޗްކޯވް ވިދާޅުވިއެވެ.   

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ބާޒާރު ކުރުމަށް ހާއްސަ މި މޯލްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުދިން ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. އެހެންނަމަވެސް ހޯމަ ދުވަހު މީޑީއާ މެދުވެރިކުރައްވައި ރަޝިއާގެ އިމަޖެންސީ ހާލަތްތަކާ ބެހޭ މިނިސްޓަރު ވްލަޑީމިއާ ޕުޗްކޯވް ދެއްކެވި ވާހަކަފުޅުގައި މަރުވީ ކިތައް ކުޑުކުދިން ކަމެއް ހާމައެއް ނުކުރައްވައެވެ. 

ވިންޓަރ ޗެރީ ކޮމްޕްލެކްސްގެ އެންމެ މަތީ ފްލޯގައި އަލިފާން ރޯވި މި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ސިނަމާގައި ތިބި މީހުންނެވެ. ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި އަލިފާނުން ސަލާމަތްވުމަށް ކުޑަދޮރުތަކުން މީހުން ފުންމާލާތަން ފެނެއެވެ.

ރަޝިއާގެ ތަހުގީގު ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ބެލި ބެލުންތަކުން އެނގޭ ގޮތުގައި ދެ ސިނަމާއެއްގެ މައްޗަށް އިމާރާތުގެ ފުރާޅު ވެއްޓިފައިވާ ކަމަށެވެ.

ކަމާއިބެހޭ އިދާރާތަކުން ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ހާދިސާ ހިނގި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމަށް 17 ގަޑިއިރު ހޭދަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

 

 

 

- ކޮމެންޓް
28 މާރޗް 2018 | ބުދަ 07:27
މިސްކިތުހުޖެހިމީހާއަށްވީ
ރަޝިއާގެނޭވް އެޖެންޓުގެ ހުތުރު އަމަލުން ސިންޕަތީހޯދަން މިސްކިތުހުޖެހިމީހާއަށްވީ؟