ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:39
ރެއިންބޯ ލިވިންގް މޯލް
ރެއިންބޯ ލިވިންގް މޯލް
ސިމާހާ ނަސީމް
ރެއިންބޯ ރޯދަ ސޭލް
ރެއިންބޯ ރޯދަ ސޭލް ފަށައިފި
ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވޭ
ގްރޭންޑް ޕައިޒްގެ ގޮތުގައި ނަސީބުވެރި ތިން ފަރާތަކަށް 50،000 ރުފިޔާގެ ކިޗަން ސިސްޓަމެއް ލިބިގެންދާނެ

ރެއިންބޯ ރޯދަ ސޭލް ހޯމަ ދުވަހު ފަށައިފިއެވެ.

މި ސޭލް އަކީ ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ހިންގާ، ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބީ ޝޮޕް، ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސޭލްއެކެވެ.

500 ރުފިޔާ އިން ފެށިގެން މަތީގެ ކޮންމެ ވިޔަފާރީއަކަށް މި ސޭލްގައި ބައިވެރިވެވޭ ގޮތަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް ރެއިންބޯ އިން ވަނީ ބުނެފައެވެ.

މި ފަހަރުގެ ރޯދަ ސޭލްގައި ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާއިރު ހޮވޭ ނަސީބުވެރިޔާ ބޭނުން 10 މީހުން ގޮވައިގެން "ޝެލް ބީންސް" އިން ރޯދަ ވީއްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރެއިންބޯ އިން ބުންޏެވެ. އަދި މީގެ އިތުރުން ގްރޭންޑް ޕައިޒްގެ ގޮތުގައި ނަސީބުވެރި ތިން ފަރާތަކަށް 50،000 ރުފިޔާގެ ކިޗަން ސިސްޓަމެއް ލިބިގެންދާނެއެވެ.

ސޭލްގައި ދޫކުރާ ކޫޕަން ފޮއްޓަށް ލެވޭނެ އެންމެ ފަހު ތާރިހަކީ ޖޫން 2 ވަނަ ދުވަހުގެރޭ 10:00 ޖެހުމާއި ހަމައަށެވެ. އަދި ސޭލްގައި ގުރުނެގުން އޮންނާނީ ޖޫން 9 ވަނަ ދުވަހުގެރޭ 9:00 ޖަހާއިރު ރެއިންބޯ ލިވިންގް މޯލްގައެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުގެ މައުލޫމާތު އެއް ހަފްތާ ފަހުން ރެއިންބޯގެ ފިހާރަތަކުންނާއި ރެއިންބޯ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ރެއިންބޯ އިން މައުލޫމާތުދެއެވެ.

ރެއިންބޯ އިން ވަނީ މީގެ ދެ މަސް ކުރިން ރެއިންބޯ އިޔަރ އެންޑް ސޭލް ކާމިޔާބު ކަމާއެކީ ނިންމާލާ ސޭލްގެ ނަސީބުވެރިން ހޮވާފައެވެ. އަދި މި އަހަރު ރެއިންބޯ އިޔަރ އެންޑް ސޭލް  ފުރިހަމަކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

 

 

 

- ކޮމެންޓް
26 މާރޗް 2018 | ހޯމަ 10:36
ރޯދަ އަޅުކަން
ރެއިންބޯ ރޯދަ އަޅުކަން އޮތީ ކިހިނެއްބާ؟