ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:17
މިއީ މަހަރާޝްތުރާގެ ބަހުރުވައިން މަދޫރީ އުފައްދާ ފުރަތަމަ ފިލްމެއް
މިއީ މަހަރާޝްތުރާގެ ބަހުރުވައިން މަދޫރީ އުފައްދާ ފުރަތަމަ ފިލްމެއް
ހިންދުސްތާނީ ޓައިމްސް
ބަކެޓް ލިސްޓް
މަދޫރީގެ ބަކެޓް ލިސްޓުގެ ފުރަތަމަ ޓީޒަރ ނެރެފި
 
މިއީ މަހަރާޝްތުރާގެ ބަހުރުވައިން މަދޫރީ އުފައްދާ ފުރަތަމަ ފިލްމެއް
 
ބަކެޓް ލިސްޓް ޑައިރެކްޓްކުރަނީ ތޭޖާސް ޕްރަބާ

ބޮލީވުޑްގެ ތަރި މަދޫރީ ޑިކްސިޓްގެ، ބަކެޓް ލިސްޓްގެ ފުރަތަމަ ޓީޒަރ އާއްމުކޮށްފިއެވެ. 42 ސިކުންތުގެ ޓީޒަރގައި މަދޫރީ ދައްކާލާފައިވަނީ އެ ފިލްމުގައި އޭނާގެ ކެރެކްޓަރއާއި ފިލްމުގެ ބެކްޑްރޮޕެވެ.

މަދޫރީވަނީ މެސެޖަކާއިއެކު ޓްވިޓަރގައި އެ ވީޑިއޯ ޝެއަރކޮށްފައެވެ. މިއީ މަހަރާޝްތުރާގެ ބަހުރުވައިން އޭނާ އުފައްދާ ފުރަތަމަ ފިލްމެވެ.

މިފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން މަދޫރީ މީގެ ކުރިން ބުނެފައިވަނީ މިއީ ކޮންމެސް ނަސީބެއް ލިބޭނެ ގޭބިސީ ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިފިލްމުން ދެނީ ހަމައެކަނި އުއްމީދާއި ހިތްވަރު ނޫންކަމަށާއި ހަގީގީ އިހުސާސްތަކާއިއެކު ދިރިއުޅުމަށް ހިތްވަރު ދޭނެ ކަމަށެވެ.

ބަކެޓް ލިސްޓް ޑައިރެކްޓްކުރަނީ ތޭޖާސް ޕްރަބާ ވިޖޭ ދެއޯސްކާރް އެވެ. މި ފިލްމް ރިލީޒް ކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ހޫނު މޫސުމުގައެވެ.

މި ފިލްމުގެ އިތުރުން،"15 އޯގަސްޓްގެ" ނަމުގައި މަދޫރީ ތައްޔާރުކުރާ އިތުރު ފިލްމެއް މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް