ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:25
މާހިރާ ޚާން
މާހިރާ ޚާން
ގޫގުލް
ބޮލީވުޑް
ބޮލީވުޑްއަކީ އެއްވެސް އިރެއްގައި އަހަރެންގެ އަމާޒެއް ނޫން: 'ރައީސް' ފިލްމްގެ ބަތަލާ މާހިރާ ޚާން
 
ޕާކިސްތާންގައި "ރައީސް" ރިލީޒްކޮށްފައި ނުވާއިރު، އިންޑިއާގައި ކުރިއަށް ދިޔަ ފިލްމްގެ ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު މާހިރާއަކަށް ނުލިބޭ
 
ފިލްމްގައި މާހިރާއާ އެކު ފެނިގެންދަނީ ޝާހް ރުކް ޚާން
 
"ރައީސް" ރިލީޒްކޮށްފައިވަނީ 2017 ވަނަ އަހަރު

"އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ބައިވެރިވުމަކީ އެއްވެސް އިރެއްގައި އަހަރެންގެ އަމާޒެއް ނޫން،" ކަމަށް ނިމިގެން ދިޔަ އަހަރު ރިލީޒް ކުރި ފިލްމް، "ރައީސް"އިން ފެނިގެން ދިޔަ މާހިރާ ހާން ބުނެފިއެވެ.

ޕާކިސްތާނުގެ ތަރިއެއް ކަމަށްވާ މާހިރާ މިހެން ބުނެފައިވަނީ ބީބީސީ ވަރލްޑް ނިއުސްގެ "ހާޑްޓޯކް" ޕްރްގްރާމްގައި ވާހަކަ ދައްކަމުންނެވެ.

"ރައީސް" އިން މާހިރާއާއެކު ފެނިގެން ދަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކްހާނެވެ. ޕާކިސްތާނުގައި އެފިލްމް އެޅުވުން މަނާކޮށްފައިވާ އިރު، އިންޑިއާގައި ކުރިއަށް ދިޔަ ފިލްމްގެ ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު މާހިރާއަށް ލިބިފައެއް ނުވެއެވެ. އެއީ ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އިންޑިއާގައި މަސައްކަތް ކުރަމުންދާ ޕާކިސްތާނުގެ ތަރިން އެ ގައުމުން ނިކުތުމަށް ބިރު ދައްކާފައިވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މާހިރާ ބުނީ، "އެ ވަގުތު ވަރަށް ރުޅި އައި، ދެރަވެސް ވި"ކަމަށެވެ.

ނަމަވެސް މިހާރު ރުޅިގަދަ ވެގެންވާނެ ފައިދާއެއް ނެތްކަން އިނގޭ ކަމަށާއި، އެކަމުން ވަކި މޮޅު އެކްޓަރަކަށް ނުވެވޭނެކަން އިނގޭ ކަމަށް އޭނާ ބީބީސީ އިންޓަވިއުގައި ބުންޏެވެ.  

އަދި އޭގެ ސަބަބުން ކެރިއަރއަށް އަސަރު ކުރިތޯ ސުވާލު ކުރުމުން މާހިރާ ބުނީ، "ބޮލީވުޑްއަކީ އެއްވެސް އިރެއްގައި އަހަރެންގެ އަމާޒެއް ނޫން"ކަމަށެވެ. އަދި ރައީސް ފިލްމްގެ ޝޫޓިންގއަށް ފަހު،  ވަގުތުން ޕާކިސްތާނު ފިލްމެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި، "ވަރްނާ"ގެ މަސައްކަތް ފަށާފައިވަނީ މައްސަލަތައް ޖެހުމުގެ ކުރިންކަން އޭނާ ފާހަގަ ކުރިއެވެ.

"އަހަރެންގެ ފޯކަސް އަބަދުވެސް އޮތީ ޕާކިސްތާނަށް،" އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް