ކ. މާލެ
|
26 މާރޗް 2018 | ހޯމަ 11:45
ބްލެކް ޕެންތާ
ބްލެކް ޕެންތާ
ގޫގުލް
ބްލެކް ޕެންތާ
ބްލެކް ޕެންތާ: ބޮކްސް އޮފީސްގެ ދެވަނައަށް ވެއްޓުނީ އެންމެ ބޮޑު އާމްދަނީ ލިބުނު ސުޕަރ-ހީރޯ ފިލްމަށްވުމަށް ފަހު!
 
މާވެލްއާއި ޑިޒްނީން ނެރުނު ބްލެކް ޕެންތާ ޑައިރެކްޓްކޮށްފައިވަނީ 31 އަހަރުގެ ރަޔަން ކޫގްލަރ
 
މުޅި ދުނިޔެއަށް ބަލާއިރު އެ ފިލްމަށް މިހާތަނަށް 1.237 މިލިއަން ޑޮލަރު ވަނީ ލިބިފައި
 
ބްލެކް ޕެންތާ ރިލީޒްކޮށްފައިވަނީ ފެބްރުއަރީ 16ގައި

ހަ ހަފްތާއަށް ފަހު މާވެލްގެ "ބްލެކް ޕެންތާ" ބޮކްސް އޮފީހުގެ ދެވަނައަށް ވެއްޓިއްޖެއެވެ.

28 މިލިއަން ޑޮލަރާއެކު "ބްލެކް ޕެންތާ" ވައްޓާލާފައި މިވަނީ "ޕެސިފިކް ރިމް: އަޕްރައިޒިންގ"އެވެ.

ރިލީޒް ކުރިތާ ހަ ހަފްތާ ފަހުން 16.7 މިލިއަން ޑޮލަރާއެކު ބޮކްސް އޮފީހުގެ ދެވަނައަށް ވެއްޓުނު ނަމަވެސް، "ބްލެކް ޕެންތާ" މިވަނީ އެތަކެއް ރިކޯޑްތަކެއް މުގުރާލާފައެވެ.

އެމެރިކާ ތެރެއިން ބްލެކް ޕެންތާއަށް މިހާތަނަށް 631 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ސުޕަރ-ހީރޯ ފިލްމަކަށް ލިބިފައިވާ އެންމެ ބޮޑު އާމްދަނީކަން ފާހަގަ ކުރެވެއެވެ. 623 މިލިއަން ޑޮލަރާއެކު، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ،  2012 ވަނަ އަހަރު ރިލީޒްކުރި "ދަ އެވެންޖަރސް"އަށެވެ.

އަދި ބްލެކް ޕެންތާއަކީ މުޅި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމްތަކުގެ ތެރެއިން ފަސްވަނަ ފިލްމެވެ.

މުޅި ދުނިޔެއަށް ބަލާއިރު، މި ފިލްމަށް މިހާތަނަށް 1.237 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މާވެލްއާއި ޑިޒްނީން ނެރުނު ބްލެކް ޕެންތާ ޑައިރެކްޓްކޮށްފައިވަނީ 31 އަހަރުގެ ރަޔަން ކޫގްލަރއެވެ. އަދި ފިލްމްގެ މައި ރޯލްތަކުން ޗެޑްވިކް ބޮސްމަން، މައިކަލް ބީ. ޖޯޑަން، ލުޕީޓަ ޏޮންގޯ، ޑަނާއި ގުރީރާ، އެންޖެލާ ބެސެޓް، ފޮރެސްޓް ވިޓެކަރ އަދި އޭންޑީ ސަރކިސް ފަދަ ތަރިން ފެނިގެންދެއެވެ.

ފިލްމް ތައްޔާރު ކުރުމަށް މުޅިއެކު ހަރަދުކޮށްފައިވަނީ 200 މިލިއަން ޑޮލަރެވެ. ޑިޒްނީގެ ޓިކެޓް ސޭލްސްއަށް ބަލާއިރު މިފިލްމަށް އެއް ބިލިއަން ލިބުނީ 26 ދުވަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް