ނިކެލޯޑިއަން ކިޑްސް ޗޮއިސް އެވޯޑްސް 2018 މާޗް 24ގައި ބާއްވާފައިވާ އިރު، މިއީ އެ ނެޓްވޯކް ބަލާ ކުދިން ވޯޓްލައިގެން މޮޅުވާ ފަރާތްތެއް ހޮވާ ޝޯވ އެކެވެ.
މި އަހަރުގެ ޝޯވ ވެސް ހުށަހެޅީ 2017 ވަނަ އަހަރުގެ ހޯސްޓް، ރެސްލިންގ ދުނިޔެއިން މަޝްހޫރުވި ޖޯން ސީނާއެވެ.
މި އެވޯޑްސް ޝޯވގައި ފިލްމް، ޓީވީ، މިއުޒިކް އަދި އޮންލައިން ދުނިޔޭގައި ފާހަގަ ކޮށްލެވޭ ފަރާތްތައް "އޮރެންޖް ބްލިމްޕް" ލިބިގެންދެއެވެ.
މި އަހަރުގެ ޝޯވގެ ތެރޭގައި، ގިނަ ތަރިންތަކެއް ވަނީ ބަޑި ފަދަ ހަތިޔާރު ވިއްކުމާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅު ކުރިއަށް ދާ ހިނގާލުމެއް ކަމަށްވާ "މާޗް ފޯ އަވަރ ލައިވްސް"އަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި ޝޯވގެ ހޯސްޓް ޖޯން، ސްޓްރޭންޖަރ ތިންގްސްގެ ތަރި މިލީ ބޮބީ ބްރައުން، ޒެންޑޭޔާ އަދި ޔޫޓިއުބް ތަރި ލައިޒާ ކޯޝީ ހިމެނެއެވެ.
މި އަހަރުގެ ކިޑްސް ޗޮއިސް އެވޯޑްސް ކާމިޔާބު ކުރި ފަރާތްތަކުގެ ފުލް ލިސްޓް:
ފޭވްރިޓް މޫވީ:
ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް
ފޭވްރިޓް މޫވީ އެކްޓަރ:
ޑްވޭން ޖޯންސަން (ޑރ. ސްމޯލްޑަރ ބްރޭވްސްޓޯން، ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް)
ފޭވްރިޓް މޫވީ އެކްޓްރެސް:
ޒެންޑޭޔާ (އޭން ވީލަރ، ދަ ގްރޭޓަސްޓް ޝޯވމަން އަދި މިޝޭލް، ސްޕައިޑަރމޭން ހޯމްކަމިންގ)
ފޭވްރިޓް އެނިމޭޓެޑް މޫވީ:
ކޯކޯ
ފޭވްރިޓް މިއުޒިކް ގްރޫޕް:
ފިފްތް ހާމަނީ
ފޭވްރިޓް މޭލް އާޓިސްޓް
ޝޯން މެންޑޭސް
ފޭވްރިޓް ފީމޭލް އާޓިސްޓް:
ޑެމީ ލަވާޓޯ
ފޭވްރިޓް ސޯންގް:
ޝޭޕް އޮފް ޔޫ – އެޑް ޝީރަން
ފޭވްރިޓް ބްރޭކްއައުޓް އާޓިސްޓް:
ކެމީލިއާ ކަބެއޯ
ފޭވްރިޓް ގްލޯބަލް މިއުޒިކް ސްޓާރ:
ބީޓީއެސް (އޭޝިއާ)
ފޭވްރިޓް ޓީވީ ޝޯވ:
ސްޓްރޭންޖަރ ތިންގްސް
ފޭވްރިޓް ކާޓޫން:
ސްޕޮންޖްބޮބް ސްކުއަރޕޭންޓްސް
ފޭވްރިޓް ޓީވީ އެކްޓަރ:
ޖޭސް ނޯމަން (ހެންރީ ހާރޓް، ހެންރީ ޑޭންޖަރ)
ފޭވްރިޓް ޓީވީ އެކްޓްރެސް:
މިލީ ބޮބީ ބްރައުން (އިލެވަން، ސްޓްރޭންޖަރ ތިންގްސް)
ފޭވްރިޓް ވިޑިއޯ ގޭމް:
ޖަސްޓް ޑާންސް 2018
ފޭވްރިޓް ފަނީ ޔޫޓިއުބް ކްރިއޭޓަރ:
ލައިޒާ ކޯޝީ
ފޭވްރިޓް މިއުޒިކަލް ޔޫޓިއުބް ކްރިއޭޓަރ:
ޖޯޖޯ ސިވާ
ފޭވްރިޓް އިންސްޓަގްރާމް ޕެޓް:
ޖިފްޕޮމް