ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 10:47
ރިމް ބައްނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2009 ވަަނަ އަހަރު
ރިމް ބައްނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2009 ވަަނަ އަހަރު
އަލްޖަޒީރާ
ރިމް ބާނާ
ފަލަސްތީނުގެ ލަވަކިޔުންތެރިޔާ ރިމް ބައްނާ 51 އަހަރުގައި މަރުވެއްޖެ
އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންތާތާ 9 އަހަރު
ރިމް މަރުވީ އިސްރާއީލުގައި ހުންނަ އޭނާގެ ގޭގައި

ފަލަސްތީނުގެ ލަވަކިޔުންތެރިޔާ، ރިމް ބާނާ އުރަމަތީގެ ކެންސަރާއި ހަނގުރާމަކުރަމުންދާތާ ނުވައަހަރެއްހާ ދުވަހަށް ފަހު ދުނިޔެ ދޫކޮށްފިއެވެ.

އުމުރުން 51 އަހަރުގެ ރިމް އަކީ ލަވަކިޔުމުގެ އިތުރުން ލަވަހަދައި، އަދި މިއުޒިކްވެސް ކޮމްޕޯސްކުރާ ފަންނާނެކެވެ.

އޭނާ މަރުވެފައި ވަނީ އުފަން އަވަށް ކަމަށްވާ އިސްރާއީލުގެ ނެޒްރަތުގައި މަންމައާއި ބޭބެއާއި ،އަދި އޭނާގެ ތިން ކުދިންގެ ގާތުގައެވެ.

އާއިލާގެ މެމްބަރުންވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރިމް މަރުވެފައިވާކަން ކަށަވަރުކޮށްދީ ސޯޝަލް މީޑިއާގައި ބަޔާނެއް އާއްމުކޮށްފައެވެ.

ރިމް ބާނާ އަކީ ފަލަސްތީނުގެ މަޝްހޫރު ޅެންވެރިޔެއްކަމަށްވާ ޒުހައިރާ ސައްބާގްގެ އަންހެން ދަރިފުޅެކެވެ.

ރިމްގެ މަންމަ ޒުހައިރާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ "އޭނާގެ{ރިމްގެ} އުޖާލާ ހިނިތުންވުން ބޭއްވުމަށްފަހު އޭނާ ގޮސްފި" ކަމަށެވެ.

ބައްނާ ވަނީ ފަލަސްތީނުގެ ހިސާރު ނައްތާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަވަތައް ކިޔާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް