ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 13:58
ސްރީލަންކާގެ ސުޕްރީމް ކޯޓު
ސްރީލަންކާގެ ސުޕްރީމް ކޯޓު
ޑެއިލީ މިރޯ
ސްރީލަންކާ
ލަންކާގެ މަތީ ކޯޓްތަކުގެ ފަނޑިޔާރުންނަށް މުސާރަ ބޮޑުކޮށްފި
ޖުޑިޝަރީގެ މުސާރައާއިއެކު މަޖިލީސް މެމްބަރުންގެ މުސާރަ ބޮޑުވާނެ
މުސާރަ ބޮޑުކުރަން ނިންމީ މަޖިލިސް މެމްބަރުންގެ އިއްތިފާގުން

ސްރީލަންކާގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ބަހުސަކާއި ނުލައި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މެޖޯރިޓީ ލީޑަރު ލަކްޝްމަން ކިރިއެއްލާއާއި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަދެއްކެވި ބަންޑުލާ ގުނަވަރުދަނެ ވިދާޅުވީ އެއީ އެއްބަސްވެވޭ ކަމެއް ކަމަށެވެ. އިދިކޮޅު އެހެން ޕާޓީއަކުން ވެސް މި މައްސަލައިގައި ދެކޮޅުހަދާފައެއް ނުވެއެވެ

މި ބަދަލާއިއެކު ޝަރުއީދާއިރާގެ އޮފިސަރުންނަށް ޕެންޝަނުގެ ގޮތުގައި ލިބިވަޑައިގަންނަވާ އެލަވަންވެސް 1 ޖެނުއަރީއިން ފެށިގެން 50 އިންސައްތަ އިތުރުވާނެކަމަށް ބުނެފައިވެއެވެ.

ސްރީލަންކާގައި އަމަލު ކުރަމުން އަންނަ ގޮތުގެ މަތިން ޝަރުއީ ދާއިރާގެ މުސާރަ ބޮޑުވެއްޖެ ނަމަ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މުސާރަ އޮޓަމެޓިކުން ބޮޑުވާނެއެވެ. ނަމަވެސް ވަކި ގަރާރެއް އެކަމަށް ފާސްކުރަން ޖެހޭއިރު އަވަސްގޮތެއްގައި އެ ގަރާރު ފާސްކުރާނެކަމަށް ބެލެވެއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް