ރާއްޖޭގައި ގިނަ އަދަދެއްގެ ފްރެންޗައިޒް ރެސްޓޯރެންޓްތަކެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި އަލަށް ހުޅުވާ ފްރެންޗައިޒްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޕިއްޒާ ހަޓާއި ގްލޯރިއާ ޖީންސް ކޮފީސް ފާހަގަކޮށްލެވެއެވެ. ޕިއްޒާގެ ރަހަތަކުގައި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ޕިއްޒާ ހަޓް ހުޅުވުމަށް ހަމަޖައްސާފައި ވަނީ އަމީނީ މަގުގައި ހުންނަ ގާކޮށި ފްލެޓްގެ ތިރީގައެވެ. އެތަނުގެ މަސައްކަތް ހަލުވިކަމާ އެކު ކުރަމުން އަންނަ އިރު ފޭސްބުކް މެދުވެރިކޮށް އެ ތަން މިހާރު ވަނީ އިސްތިހާރުކުރަން ފަށާފައެވެ.
މީގެ ކުރިން ގިން ފްރެންޗައިޒްތަކެއް ގެންނާނެ ކަމަށް ބުނި ރަސްފަންނު ޕެވެލިއަންއަށް މިހާރު ގެނައުމަށް ހަމަޖައްސާފައި ވަނީ ދުނިޔޭގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ ގްލޯރިއާ ޖީންސް ކޮފީސްއެވެ. އެތަން ވެސް ނިމުމަކާ ގާތްވެފައިވާ އިރު އެތަނުގައި ވަނީ ނަން ބޯޑު ވެސް ހަރުކޮށްފައެވެ. ރޯދައިގެ ކުރިން އެތަނުން ވެސް ޚިދުމަތް ދޭން ފަށާނެ ކަމަށް ވެއެވެ. އޮސްޓްރޭލިޔާގެ ގްލޯރިއާ ޖީންސްގެ ހާހަކަށް ވުރެ އައުޓްލެޓް ދުނިޔޭގެ އެކި ތަންތަނުގައި ގާއިމުކޮށްފައި ވެއެވެ.
މީގެ އިތުރުން މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ދަ ކޮފީ ކްލަބާއި ބާގާ ކިންގްގެ އައުޓްލެޓެއް ހުޅުވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. މި ދެ ތަން ހުޅުވުމަށް ހަމަޖައްސާފައި ވަނީ މާލޭގައި ހުޅުމާލެ ޓާމިނަލްގައެވެ. އެތަންތަނުގެ މަސައްކަތް ވެސް ހަލުވިކަމާ އެކު ކުރިއަށްދާއިރު އެއާޕޯޓަށް ވެސް ދާދި އަވަހަށް އާ ފްރެންޗައިޒްތައް އަންނާނެ ކަމަށް ވެއެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކޭއެފްސީ ފާހަގަކޮށްލެވެ.