ކ. މާލެ
|
23 މާރޗް 2018 | ހުކުރު 03:34
ރެއިންބޯ ލިވިންގް މޯލް
ރެއިންބޯ ލިވިންގް މޯލް
ސިމާހާ ނަސީމް
ރެއިންބޯ ލިވިންގް މޯލް
ރެއިންބޯ ލިވިންގް މޯލް ފިހާރައިގެ ޖާގަ އިތުރު ކުރުމަށް ފަހު އަލުން ހުޅުވައިފި
އަލަށް ގެނެސްފައިވާ ބައެއް ސާމަނަކީ ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު

ރެއިންބޯ ލިވިންގް މޯލް ފިހާރައިގެ ޖާގަ ބޮޑުކުރުމަށް ފަހުކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފިއެވެ.

ޖާގަ އިތުރު ކުރުމަށް ފަހު އަލަށް ހުޅުވާފައިވާ އޭރިއާއަށް ގެނެސްފައިވާ ސާމަނަކީ ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރުގެ އިތުރުން އަލަމާރިއެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މޭނެޖަރ އަބްދުﷲ އަސްލަމް ވިދާޅުވީ ގޭތެރެއަށް ބޭނުންވާ ފަރުނިޗަރު ބޭނުން ޑިޒައިނަކަށް ޑިޒައިންކޮށްދީ ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ ހިދުމަތް ރެއިންބޯ ލިވިންގް މޯލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. ފިހާރަ ހުޅުވުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން ބަދިގެއަށް ބޭނުންވާ ސާމާނު ގަތުމުން ކުރިއަށް އޮތް އެއްމަސް ދުވަހަށް ބަދިގެ މަތީގައި އަޅާ ކައުންޓަރ ޓޮޕް ހިލޭ ލިބިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަލަށް ހުޅުވުނު އޭރިއާގައި މައިގަނޑު ގޮތެއްގައި ވިއްކާނީ ދެ ބްރޭންޑެއް. އެގޮތުން ފިހާރާގެ ގްރައުންޑް ފްލޯ ހާއްސަކޮށްލާފައިވަނީ ނޮބީލިއާ ބްރޭންޑްގެ ކިޗަން އަށް. ނޮބީލިއާ އަކީ ޔޫރަޕްގެ ނަންބަރ ވަން ކިޗަން ބްރޭންޑް. ފިހާރައިގެ ފަސްޓް ފްލޯ ހާއްސަކޮށްލާފައިވަނީ އޮޕެއިން ބްރޭންޑްގެ ކިޗަން އަދި ވޯޑްރޯބް ސިސްޓަމް އަށް. އެޕެއިން އަކީ އޭޝިއާގެ ނަންބަރ ވަން ކިޗަން ކެބިނެޓް މެނުފެކްޗަރަ" އަސްލަމް ވިދާޅުވިއެވެ.

ރެއިންބޯ ލިވިންގް މޯލް އިން އިތުރަށް ބުނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް 3D ޑިޒައިންތައް ހަދައިދޭނެ ކަމަށާއި އެ ކަމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.

ރެއިންބޯ ރޯދަ ސޭލް މި މަހުގެ 26 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

ރެއިންބޯ ލިވިންގް މޯލް މެދުވެރިކޮށް ހެޔޮއަގެއްގައި މުދާތައް ލިބިގެންދާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

    

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް