ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 22:46
މޯލްޑިވްސް އިސްލާމިކް ބޭންކް ރޯދަ ޕްރޮމޯޝަން ޕޯސްޓަރ
މޯލްޑިވްސް އިސްލާމިކް ބޭންކް ރޯދަ ޕްރޮމޯޝަން ޕޯސްޓަރ
މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ މެއި މަހުގެ ނިޔަލަށް
މި ޕްރޮމޯޝަންގެ ދަށުން 250،000 ރުފިޔާއާ ހަމައަށް މުދާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ޕްރޮމޯޝަންގެ ތެރެއިން ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ ތިން އަހަރަށް އިތުރުކޮށްފައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރޯދަ ޕްރޮމޯޝަން ބުރާސްފަތި ދުވަހު ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން 250،000 ރުފިޔާއާ ހަމައަށް މުދާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ޕްރޮމޯޝަންގެ ތެރެއިން ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ ތިން އަހަރަށް އިތުރުކޮށްފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބައެއް މުދަލުގެ ތެރޭގައި ފަރުނީޗަރު، މޯބައިލް ފޯން، ކޮމްޕިއުޓަރ، ޓީވީ، އައިސް އަލަމާރި، ދޮންނަ މެޝިން ފަދަ ސާމާނު ހިމެނެއެވެ. އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ކޮންސްޓްރަކްޝަންއަށް ބޭނުންވާ ސާމާނު ވެސް މިފަހަރުގެ ޕްރޮމޯޝަންގެ ތެރެއިން ދޫކުރާނެ ކަމަށް އެމްއައިބީ އިން ވަނީ ބުނެފައެވެ.

ޕްރޮމޯޝަންގެ ދަށުން މިތަކެތި ގަތުމަށްޓަކައި ކަސްޓަމަރުން ކޯޓޭޝަނެއް ހޯދަން ޖެހޭނެ ކަމަށާއި އެ އަށް ފަހު ރޯދަ ޕްރޮމޯޝަން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔެކިޔުންތަކާ އެކު އެމްއައިބީގެ ބިޒްނަސް ޑިޕާޓްމަންޓަށް ހުށަހެޅުމަށް އެ ފަރާތުން ވަނީ އެދިފައެވެ.

ރޯދަ ޕްރޮމޯޝަން އެޕްލިކޭޝަން ފޯމާއި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެމްއައިބީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަން މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ޏ. ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ވެސް ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އެމްއައިބީ އިން މި ޕްރޮމޯޝަން ޖެހިޖެހިގެން ހިންގާ ހަތަރު ވަނަ އަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް