ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 21:19
ރައީސް ނަންގަގްވާ
ރައީސް ނަންގަގްވާ
ގޫގުލް
ޒިމްބާބުވޭ
ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދޭން ޒިމްބާބުވޭގައި 3،000 ކުށްވެރިން މިނިވަންކޮށްފި
ހުކުމް ތަންފީޒު ނުކޮށް 10 އަހަރު ޖަލުގައި ތިބި މީހުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރާ ގޮތަށް ވަނީ ނިންމަވާފައި

ޒިމްބާބުވޭގެ ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެގަައުމުގެ ރައީސް އެމަސަން ނަންގަގްވާ މަދުވެގެން 3،000 ކުށްވެރިންނަށް މައާފުދެއްވައިފިއެވެ. 

މި އަފޫއާންމުގެ ދަށުން މުޅި އުމުރަށް ޖަލުހުކުމް ތަންފީޒުކުރަމުންދާ އަންހެނުން ފިޔަވައި ހުރިހާ އަންހެނުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިން މިނިވަންވާނެއެވެ. މީގޭ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ގައިދީންގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ ގައިދީންގެ ތެރެއިން ޖަލު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ގައިދީން ވެސް މިނިވަން ވާނެއެވެ. 

ރައީސް ނަންގަގްވާ ޒިމްބާބްވޭގެ ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދިނުމުގެ ގޮތުން 3000 ކުށްވެރިއަކަށް މައާފުދެއްވުމާ ގުޅިގެން ޒިމްބާބުވޭގެ ޕްރިޒަންސް އެންޑް ކަރެކްޝަނަލް ސާވިސް (ޒެޑްޕީސީއެސް) އިން ނެރުނު ބަޔާނެއްގައި ބުނީ "ޒިމްބާބުވޭގެ ގާނޫއަސާސީގެ ތަރަހައިގެ ތެރެއިން ގައިދީންނަށް އަފޫއާންމު ދީފައިވާ" ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ މިކަމުގެ ސަބަބުން ޒިމްބާބުވޭގެ ޖަލު އަބާދީ 1700 އަށް ދަށްވެގެން ދާނެ ކަމަށެވެ. މަރަން ހުކުމްކޮށް އެކަމަކު ހުކުމް ތަންފީޒު ނުކޮށް 10 އަހަރު ޖަލުގައި ތިބި މީހުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރާ ގޮތަށް ރައީސް ނަންގަގްވާ ނިންމަވާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އެ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ. ޒިމްބާބުވޭގައި އެންމެ ފަހުން މީހަކަށް މަރުގެ އަދަބު ދީފައި ވަނީ 2005 ވަނަ އަހަރު ކަމަށް ވާއިރު ރައީސް ނަންގަގްވާއަކީ މަރުގެ އަދަބު ދިނުމާ ދެކޮޅަށް ވަރަށް ހަރުއަޑުން ވަކާލާތު ކުރައްވާ ބޭފުޅެކެވެ. 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް