ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 16:53
ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ
ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ
ރޮއިޓަރސް
ނިކޮލަސް ސަރްކޯޒީ
ތުހުމަތުކުރަނީ ހެއްކެއް ނެތި: ސަރްކޯޒީ
ތުހުމަތުކުރަނީ ޣައްޒާފީ އަތުން ފައިސާ ނެންގެވި ކަމަށް

ކެމްޕޭނަށް ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީގެ އަތުން ފައިސާ ނެންގެވި ކަމަށް ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީއަށް ތުހުމަތުކޮށް މައްސަލަ ބަލަމުން ދިޔަ ނަމަވެސް، އެމައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ސަރްކޯޒީ ވިދާޅުވެއްޖެއެވެ.

ލީބިޔާގެ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި، ކެމްޕޭނުގެ މާލީ ކަންކަމާ ބެހޭ ޤާނޫނުތަކާ ޚިލާފަށް އަމަލުކުރެއްވިކަމުގެ ތުހުމަތުގައި ފަރަންސޭސީ ފުލުހުން ސަރްކޯޒީއާ ސުވާލުކުރާތާ ދެ ދުވަސްވަނީ ވެފައެވެ. އުމުރުފުޅުން 63 އަހަރުގެ ސަރްކޯޒީ ވިދާޅުވީ އޭނާ ކުށެއް ނުކުރައްވާ ކަމަށެވެ. 

ސަރްކޯޒީ ވިދާޅުވީ އޭނާގެ މައްޗަށް ޣައްޒާފީގެ އަރިސް ބައެއް ބޭފުޅުން އެ ތުހުމަތުކުރައްވަނީ ޣައްޒާފީގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ހަނގުރާމަވެރިންނަށް ވައިގެ މަގުން ފަރަންސޭސީ ސިފައިން މަދަދުވެރިވެފައިވާތީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށެވެ. 

ސަރްކޯޒީ ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އަބުރު ކަތިލުމަށް ކުރެވޭ ތުުހުމަތުތަކެއް ކަމަށެވެ. އަދި 2011 ވަނަ އަހަރުގެ މާޗް މަހު ސަރްކޯޒީއަށް ޣައްޒާފީ ފައިސާ ދެއްވި ކަމަށް ވިދާޅުވި ފަހުން ދިރިއުޅުއްވަން ދަތިފުޅުވާ ހިސާބަށް ކަންތައް ގޮސްފައި ވާކަމަށް ސަރްކޯޒީ ސިފަކުރެއްވިއެވެ. 

ޣައްޒާފީ ޚަރަދުކުރެއްވި ކަމަށް ވަނީ 2007 ވަނަ އަހަރުގެ ފަރަންސޭސީ އިންތިޚާބުގައެވެ. ލީބިޔާ ދަރިކޮޅުގެ ފަރަންސޭސީ ވިޔަފާރިވެރިއަކު ވަނީ ސަރްކޯޒީގެ އަރިސް ބޭފުޅަކަށް 200 އަދި 500 ޔޫރޯގެ ނޫޓު ހުރި ތިން ފޮށި ދީފައިވާ ކަމަށް ބުނެފައެވެ. 

މިމައްސަަލައިގެ ތަހުޤީޤަށް ސަރްކޯޒީގެ ސަރުކާރުގެ ވަޒީރަކު ވެސް ވަނީ ހައްޔަރުކޮށް ސުވާލުކޮށްފައެވެ.

މީގެ އިތުރުން ވެސް ކެމްޕޭނުގެ މާލީ ކަންކަމުގައި ޤާނޫނާ ޚިލާފް އަމަލުތަކެއް ކުރެއްވި ކަމުގެ އެހެން ތުުހުމަތުތަކެއް ވެސް ސަރްކޯޒީގެ މައްޗަށް ކުރެވިފައި ވެއެވެ.

ސަރްކޯޒީގެ މައްސަލަތައް ބަލަން ފަށާފައި ވަނީ އެމަނިކުފާނަށް 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުމާއި ވިދިގެންނެވެ. 2012 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ފްރާންސްވާ އޮލާންޑެވެ. 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 މާރޗް 2018 | ބުރާސްފަތި 13:32
ޓްރްޔަލްގަ ކޯޓުގަ
ހެއްކެއްނޫފުރަތަމަ ހުޝައަޅާނީ، ހެކިހުށައަޅާނީ ޓްރްޔަލްގަ ކޯޓުގަ