އިންޑިއާގެ މަޝްހޫރު ތަރި ރާނީ މުކްރަޖީގެ ފިލްމު ހިޗްކީ ސިނަމާތަކަށް އަންނާނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ.
"ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ފިލްމުގެ ޓްރެއިލާ އާންމު ކޮށްފައިވާއިރު މިޓްރެއިލާ ނެރުމާ އެކު ބޮލީވުޑްގެ ތަރިން ވަނީ ޓްރެއިލާއަށް ތައުރީފް ކޮށްފައެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރ/ޕްރޮޑިއުސަރ ކަރަން ޖޯހަރު ބުނެފައި ވަނީ "ހިޗްކީ" ގައި ރާނީގެ އެކްޓިން ވަރަށް ކަމުދާ ކަމަށެވެ. "ހިޗްކީ" ޑައިރެކްޓްކޮށްފައި ވަނީ 2010 ގައި ރިލީޒް ކުރި ފިލްމް "ވީ އާ ފެމިލީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލޯތުރާއެވެ.
ރާނީ ފިލްމު ކުޅުމާ ދުރުވީ ދަރިއަކު ލިބުމުންނެވެ. އޭނާގެ އުފަން ދުވަހު ފޭސްބުކް މެދުވެރިކޮށް ބުނެފައި ވަނީ އޭނާ އަލުން ސްކްރީނަށް އަންނަން ހާސްވެ ހިތްބިރުގެންފައިވާ ކަމަށެވެ.
"އަހަރެން އެނބުރި އަންނަ ފިލްމަށް ކިޔަނީ ހިޗްކީ. އަހަރެން އުއްމީދުކުރަން ހިޗްކީގައި މޮޅު ރޯލެއް އަދާކުރެވޭނެ ކަމަށް. އަދި އެ ފިލްމު ހިތްހަމަ ޖެހޭ ފިލްމަކަށް ވާނެ ކަމަށް. އެންމެންގެ ހެޔޮ ދުއާ ކޮށްދިނުމަށް އެދެން ފިލްމު ކާމިޔާބު ފިލްމަކަށް ވުމަށްޓަކާ،" ރާނީ ފޭސްބުކް މެދުވެރިކޮށް ބުނެފައިވެއެވެ.
މި ފިލްމުގައި ރާނީ ފެނިގެންދަނީ ދިރިއުޅުމުގައި ދިމާވާ އެތަކެއް އުނދަގޫތަކެއް ކަޑައްތުކޮށް އޭނާ ބޭނުންވާ ކާމިޔާބު ހޯދާ ހިތްވަރުގަދަ އަންހެނެއްގެ ރޯލެވެ. ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމްއެވެ.
ރާނީ އަދިތްޔާ ޗޮޕްރާއާ ކައިވެނި ކުރުމަށް ފަހު އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭނާ ކައިވެނި ކުރުމަށް ފަހު އެންމެ ފުރަތަމަ ފެނިފައި ވަނީ 2014 ވަނަ އަހަރު ނިކުތް "މަރްދާނީ" އިންނެވެ. އެ ފިލްމްގައި ވެސް ރާނީ ވަނީ މޮޅު ރޯލެއް އަދާކޮށްފައެވެ. އޭގެ ފަހުން އޭނާ ފިލްމެއް ކުޅެފައެއް ނުވެއެވެ. މުދާ ކަމަށާއި އޭނާގެ ޓެލެންޓަކީ ބަލައިގަނެވޭވަރުގެ ޓެލެންޓެއް ކަމަށެވެ.