ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 14:07
ކޮލަމްބޯގެ ފުރަތަމަ އަންހެން މޭޔަރު ރޯޒީ ސެނަނައިކަވެސް ވަނީ ހުވާ ކުރައްވާފައި
ކޮލަމްބޯގެ ފުރަތަމަ އަންހެން މޭޔަރު ރޯޒީ ސެނަނައިކަވެސް ވަނީ ހުވާ ކުރައްވާފައި
ޑެއިލީ މިރޯ
ލަންކާގެ ކައުންސިލްތައް ހުވާކު
މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް
ކޮލަމްބޯގެ ފުރަތަމަ އަންހެން މޭޔަރަކަށް ރޯޒީ ސެނަނައިކަ
ކައުންސިލް އިންތިޚާބުގައި  ކާމިޔާބު ހޯދީ ރާޖަޕަކްސަގެ ޕާޓީއިން

ނިކަމެތި ދިރިއުޅުމެއްގައި އުޅުމަށްފަހު މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނުހެދުމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ އެ ގައުމުގެ މުނިސިޕަލް ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި މެމްބަރުންނަށް ގޮވާލައްވައިފިއެވެ.

ބޮޑުވަޒީރު ރަނިލް މިގޮތަށް ގޮވާލެއްވީ ކޮލަމްބޯ މުނިސިޕަލް ކައުންސިލަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމަށް ހޯމަ ދުވަހު ޓެމްޕްލް ޓްރީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ކޮލަމްބޯގެ ފުރަތަމަ އަންހެން މޭޔަރު ރޯޒީ ސެނަނައިކަވެސް ވަނީ ހުވާ ކުރައްވާފައެވެ.

 ސްރީލަންކާގައި މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަނަށްވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ.

ސިރިސޭނާގެ ފްރީޑަމް ޕާޓީއާއި ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއިން ކޯލިޝަން ހަދައިގެން ވެރިކަމަށް އައި ނަމަވެސް، ކައުންސިލް އިންތިޚާބުގައި ދެޕާޓީއިން ވާދަކުރީ ވަކިންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ހޯދައި ސަރުކާރު ބަލިކުރީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕާޓީއިންނެވެ.

ކައުންސިލް އިންތިޚާބުގައި  ކާމިޔާބު ހޯދީ ރާޖަޕަކްސަގެ ޕާޓީއިން

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް