ކ. މާލެ
|
19 މާރޗް 2018 | ހޯމަ 13:05
ހޮނޑާފުށި އައިލެންޑް ރިސޯޓު
ހޮނޑާފުށި އައިލެންޑް ރިސޯޓު
ގޫގުލް
ރާއްޖޭގެ ފަތުރުވެރިކަން
ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ހުޅުވައިފި
ރިސޯޓް ހުޅުވާފައިވަނީ އާދިއްތަ ދުވަހު
ރިސޯޓުގައި 80 ކޮޓަރި ހުރޭ

ހދ. އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު އެ ރަށު ހޮނޑާފުށީގައި އާދިއްތަ ދުވަހު ހުޅުވައިފިއެވެ.

ހޮނޑާފުށި ހުޅުވާފައިވަނީ ދެ ކެޓަގަރީއެއްގެ 80 ކޮޓަރިއާ އެކުގައެވެ. އެއީ 75 އަކަ މީޓަރުގެ ސުޕީރިއާ ބީޗު ބަންގްލޯ އާއި 89 އަކަ މީޓަރުގެ ޑިލަކްސް ބީޗު ބަންގްލޯއާއެކުގައެވެ.

އެ ރިސޯޓުން ނިންމާފައި ވަނީ އަހަރަކު 100 ކޮޓަރި އިތުރުކުރަމަށާއި ފަސް އަހަރު ތެރޭގައި އެ ރިސޯޓުގައި 400 ވިލާ ގާއިމުކުރުމަށެވެ.

ހޮނޑާފުށި ރިސޯޓުގައި ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ހުންނަ އިރު، އެކި ވައްތަރުގެ މޫދު ކުޅިވަރު ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ބީޗު ވޮލީ އާއި ފިޓްނަސް ސެންޓަރެއްވެސް އެ ރިސޯޓުގައި ހުރެއެވެ.

މި ރިސޯޓް ތަރައްގީކޮށްފައިވަނީ ތްރީއޭ ކުންފުނިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް