ކ. މާލެ
|
19 މާރޗް 2018 | ހޯމަ 10:49
ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ
ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ
ފޭސްބުކް
ތިޔަ ލޯތްބާއި ދުރަށް
ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ އަދި ޓްރެއިލާ ރިލީޒް ކުރުން މިރޭ
މި ފިލްމު އަޅުވާނީ އަންނަ މަހުގެ 21 ގައި

އަންނަ އެޕްރީލް މަހުގެ 21 ގައި ނެރޭ ދިވެހި ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ޕޯސްޓަރ އަދި ޓްރެއިލާ މިރޭ ރިލީޒްކުރާނެއެވެ.

މިރޭ 8 ޖަހާއިރު ބާއްވާ ޚާއްސަ ރަސްމިއްޔަތާ އެކު އެ ފިލްމުގެ ޓްރެއިލާ އަދި ޕޯސްޓަރ ރިލީޒް ކުރާނީ ފިލްމުގެ ޓީމާ އެކީގައި ކަމަށް އެޓީމުން ބުނެއެވެ. މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ މިހާރު ވަނީ އާންމުކޮށްފައެވެ. އާންމުކޮށްފައިވާ ޕްރޮމޯޝަނަލް ލަވަ ކިޔާފައި ވަނީ އަދި މިއުޒިކް ހަދާފައި ވަނީ އިބްރާހިމް ނިފާރް (ތިއްތި) އެވެ. ޅެން ހަދާފައި ވަނީ އިސްމާއިލް މުބާރިކެވެ.

މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގައެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ވާހަކަ ލިޔެފައި ވަނީ މަރިޔަމް މޫސާއެވެ. "ތިޔަ ލޯތްބާއި ދުރަށް" އަކީ މަރިޔަމް މޫސާގެ ފުރަތަމަ ފީޗާ ފިލްމެވެ. މަރިޔަމް މޫސާ ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައި "ހިތު ވިންދު"، "ސަޒާ"، "ސިއްރު" އަދި "ހިތުގެ އެދުން" ފަދަ މަގްބޫލު ދިވެހި ވާހަކަތައް ހިމެނެއެވެ.

މިއީ މަރިޔަމް މޫސާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރ ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމެކެވެ. ޕްރޮޑިއުސް ކުރަނީ ޓެކްނޯ މީޑިއާ އިންނެވެ. މި ފިލްމުގައި ހިމެނެނީ ހަތަރު ލަވައެވެ.

 

- ކޮމެންޓް