ހިންދީ ފިލްމު އަދި ޗައިނާގައި ރިލީޒް ކުރި ސަލްމާންގެ ފުރަތަމަ ފިލްމް "ބަޖްރަންގީ ބާއިޖާން" އަށް ބޮޑު ތަރުހީބެއް ލިބިގެން އެބަދެއެވެ.
އެ ފިލްމު ޗައިނާގައި އެޅުވިތާ ދެހަފްތާ ތެރޭގައި ލިބިފައި ވަނީ 221.47 ކުރޯޑް ރުޕީސްއެވެ. އެހެން ކަމުން އެފިލްމަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ޖުމްލަ އަދަދު ވަނީ 827 ކުރޯޑަށް އަރާފައެވެ.
ނުވަދިހަ ކްރޯޑް އިންޑިއަން ރުޕީސްއަށް އުފެއްދި މި ފިލްމުގެ ރިލީޒް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގައެވެ. "ބަޖިރަންގީ ބާއިޖާން" އަށް ކިޔާފައިވާ ނަމަކީ "ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އެވެ.
"ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އަކީ "ބަޖްރަންގީ ބާއިޖާން" ނަމުގެ ތަރުޖަމާއެއް ކަމަށް ބެލެވެއެވެ. "މަންކީ ގޯޑް އަންކަލް" އަކީ ޗައިނާ މީހުން ތަރުޖަމާ އިން "ބަޖްރަންގީ" އެވެ. "ބާއިޖާން" ގެ މާނައަކީ ބޭބެއެވެ. މި ފިލްމުގައި މުންނީގެ ރޯލު އަދާކުރަނީ ހަރްޝާލީއެވެ. މިފިލްމުގައި ސަލްމާން އަދާކުރަނީ ބަޖްރަންގީގެ ރޯލެވެ. އެހެން ނަމަވެސް މުންނީގެ ބައި ކުޅޭ ހަރްޝާލީ ސަލްމާނަށް ކިޔަނީ މާމާ (އަންކަލް) އެވެ. އަދި ލިޓްލް ލޮލީތާއަކީ ޗައިނާ މީހުން ކުޑަ ކުޑަ އަންހެން ކުދިންނަށް ލޯބިން ކިޔާ އުޅޭ ނަމެކެވެ.
"ބަޖްރަންގީ ބާއިޖާން" ޑައިރެކްޓް ކޮށްފައި ވަނީ ކަބީރު ޚާންއެވެ. ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަލްމާން ޚާނާއި ހަރްޝާލީގެ އިތުރުން ފެނިގެންދަނީ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިއްދީގީއެވެ.
މި ފިލްމު ވަނީ ޗައިނާގެ 8000 ސްކްރީނެއްގައި އަޅުވާފައެވެ.