ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 13:55
2008ން ފެށިގެން 2012 އަށް ޕޫޓިންވަނީ ބޮޑުވަޒީރުކަންވެސް ކުރައްވާފައި
2008ން ފެށިގެން 2012 އަށް ޕޫޓިންވަނީ ބޮޑުވަޒީރުކަންވެސް ކުރައްވާފައި
އޭޕީ
ރަޝިޔާގެ އިންތިޚާބު
އިންތިޚާބުގައި ޕޫޓިން ވޯޓްލައްވައިފި
ޕޫޓިން ވަނީ 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ރައީސްކަން ކުރައްވާފައި
އިދިކޮޅު ކެނޑިޑޭޓްވެސް ވަނީ ވާދަނުކުރައްވަން ނިންމަވާފައި

ހަތަރު ވަނަ ދައުރަކަށް ބައްލަވަމުން ގެންދަވާ ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވައިފިއެވެ.

އާދީއްތަ ދުވަހު ހެނދުނު ފަށާފައިވާ އިންތިޚާބު ޕުޓިން ކާމިޔާބު ކުރައްވާނެކަން ކަށަވަރުވާއިރު ވޯޓް ލުމުގެ އެއްވެސް ރޫހެއް ނެތެވެ.

ދުނިޔޭގެ އެންމެ ބޮޑު ގައުމުގައި ބާއްވަމުންދާ އިތިޚާބު އޮބްޒަރވް ކުރުމަށް 145،000 މޮނިޓަރުން މަސައްކަތްކުރަމުންދާއިރު އޭގެ ތެރޭގައި ގައުމުން ބޭރުގެ އަދި އިދިކޮޅު ލީޑަރު އަލެކްސީ ނެވަލްނީގެ 1،500 މަންދޫބުން ހިމެނިވަޑައިގަންނަވައެވެ.

ނެވަލްނީ އަމިއްލަ ފުޅަށްވަނީ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވާފައެވެ.

ހަތް ކެނޑިޑޭޓަކު ޕޫޓިންއާ ވާދަކުރައްވާއިރު އެއްވެސް ބޭފުޅެއްގެ ފަރާތަކުން ޕޫޓިންއަކަށް ގޮންޖެހުމެއް ނެތެވެ.

އިންތިޚާބު މޮނިޓަރ ކުރަމުންދާ ފަރާތްތަކުން ރިޕޯޓްކުރަމުންދާގޮތުގައި ވޯޓްލާ މަރުކަޒުތަކުގައި ވޯޓިންގ ލިސްޓުގެ މައްސަލަތައް ފަދަ މައްސަލަތައް ދިމާވަމުންދެއެވެ.

މި ދައުދައުރަށް ރައީސް ޕޫޓިން ހޮވި ވަޑައިގަތުމާއިއެކު އަނެއްކާވެސް އިތުރު ހަ އަހަރު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.

އުމުރުން 65 އަހަރުގެ ޕޫޓިން ވަނީ 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ރައީސްކަން ކުރެއްވުމަށްފަހު އެ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ބޮޑު ވަޒީރުކަން ވެސް ކުރައްވާފައެވެ. އަދި އެ މަގާމު އަދާކުރެއްވުމަށްފަހު އޭނާވަނީ އަނެއްކާވެސް ރައީސްކަމުގެ މަގާމު ހޯއްދަވާފައެވެ.

 

- ކޮމެންޓް