ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 10:52
އަމީނާ އިސްތިއުފާ ދެއްވަން ނިންމެވިކަން ފުރަތަމަ ހާމަކުރެއްވީ މޮރީޝަސްގެ 50 ވަނަ މިނިވަން ދުވަހު
އަމީނާ އިސްތިއުފާ ދެއްވަން ނިންމެވިކަން ފުރަތަމަ ހާމަކުރެއްވީ މޮރީޝަސްގެ 50 ވަނަ މިނިވަން ދުވަހު
އޭއެފްޕީ
މޮރިޝަސް
ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ މޮރިޝަސްގެ ރައީސް އިސްތިއުފާ ދެއްވައިފި
ރައީސް ކަމުގެ މަގާމަށް އަމީނާ ވަޑައިގެންފައިވަނީ 2015 ވަނަ އަހަރު

ޗެރިޓީގެ މަސައްކަތެއް ކުރުމަށް ލިބުނު ފައިސާތަކެއް އަމިއްލަ ތަކެތި ގަތުމަށް ބޭނުން ކުރުމުގެ ތުހުމަތު ތަކެއް ކުރެވެމުން މޮރިޝަސްގެ ރައީސް އަމީނާ ގުރިބް ފާކިމް އިސްތިއުފާ ދެއްވައިފިއެވެ.

އަމީނާގެ މައްޗަށް ކުރެވޭ ފައިސާއަށް ހިޔާނަތްތެރިވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ޕްލެނެޓް އަރތު އިންސްޓިޓިއުޓް ކިޔާ ޖަމިއްޔާއަކަށް ހަރަދު ކުރުމަށް ދިން ކްރެޑިޓް ކާޑަކުން އޭނާއަށް ބޭނުންވާ އަންނައުނާއި ގަހަނާއާއި އަމިއްލަ ތަކެތި ބައްލަވައިގެންނެވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

އަމީނާ ވަނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ ކަންކަން ދޮގުކުރައްވާފައެވެ. އަދި ޖަމިއްޔާއަށް މަދުވާ ހުރިހާ ފައިސާއެއް ރީފަންޑު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނާގެ ވަކީލް ވިދާޅުވީ އޮފީސް ދޫކުރައްވައި އަމީނާ ވަޑައިގަންނަވާނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ ހަމައެކަނި އަންހެން ލީޑަރު މޮރީޝަސްގެ ރައީސް އަމީނާ ގުރިބް ފަކީމް އިސްތިއުފާ ދެއްވަން ނިންމެވިކަން ފުރަތަމަ ހާމަކުރެއްވީ މޮރީޝަސްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހުއެވެ.

އަމީނާ ސިޔާސީ މައިދާނަށް ނިކުތުމުގެ ކުރިން މަޝްހޫރުވެފައި ވަނީ ސައިންޓިސްޓެއްގެ ގޮތުންނެވެ.

އަމީނާގެ އިސްތިއުފާއާ ގުޅޭ ގޮތުން މޮރީޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވީ، ރައީސް އަމީނާ އިސްތިއުފާދެއްވާފައިވާ ކަން އަންގަވާފައިވާ ކަމަށާއި ކޮންމެ ހާލެއްގައި ވެސް ގައުމު އިސްކުރާނީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި މޮރީޝަސް އިން ދައްކާ ޑިމޮކްރަސީގެ ރީތި ނަމޫނާ އަށް ފަހުރުވެރިވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ރައީސް ކަމުގެ މަގާމަށް އަމީނާ ވަޑައިގެންފައިވަނީ 2015 ވަނަ އަހަރުއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް