ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 19:31
ކިގާލީގެ މިސްކިތެއް
ކިގާލީގެ މިސްކިތެއް
އޭއެފްޕީ
ރުވާންޑާ
ރުވާންޑާގެ މިސްކިތްތަކުގައި އަޑުގަދަކުރާއިން ބަންގި ގޮވުން މަނާކޮށްފި
ރުވާންޑާގައި މުސްލިމުންގެ އާބާދީއަކީ ފަހެއް އިންސައްތަ

ރުވާންޑާގެ ވެރިރަށް ކިގާލީގެ މިސްކިތްތަކުން އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގި ގޮވުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ސަރުކާރުން މިނިންމުން ނިންމާފައި ވަނީ މިސްކިތްތަކުން އަޑުގަދަކޮށް ބަންގި ގޮވާތީ އުނދަގޫ ވާކަމަށް ބުނެ ކިގާލީގެ ނިޔަރުގެންގެ ޑިސްޓްރިކްޓްގެ ބައެއް މީހުން ޝަކުވާ ކުރަން ފެށުމުންނެވެ. އެހެން ނަމަވެސް ރުވާންޑާގެ ބައިމަދު މުސްލިމުން ވަނީ މިނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނީ އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގި ގޮވުން ހުއްޓުވުމުގެ ބަދަލުގައި ބަންގީގެ އަޑު މަޑުކުރަން އެންގުމުގެ ފުރުސަތު ވެސް ސަރުކާރަށް އޮތް ކަމަށެވެ.

ރުވާންޑާގެ މުސްލިމުންގެ އާބާދީއަކީ އެޤައުމުގެ 12 މިލިއަން ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ފަސް އިންސައްތައެވެ. އެޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ ނަޞާރާއިންނެވެ. އެހެން ނަމަވެސް ދާދިފަހުން އިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ޚިލާފުވެގެން ކަމަށް ބުނެ ދާދި ފަހުން 700 ވަރަކަށް ފައްޅި ވެސް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން، އަޅުކަން ކުރަން ދާ މީހުންނަށް އޮޅުވާލައިގެން ވާހަކަތައް ފަތުރާ ކަމަށް ބުނެ، ބައެއް ފައްޅިތަކާއި މިސްކިތެއް ވެސް ވަނީ ބަންދުކޮށްފައެވެ.

ރުވާންޑާއަކީ އެފްރިކާގެ ފަޤީރު ޤައުމެއް ނަމަވެސް، އެޤައުމުގެ ވެރިރަށް ކިގާލީއަކީ ތަރައްޤީވެފައިވާ ސިޓީއަކަށް ހެދުމަށް ރުވާންޑާ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އިމާރާތްތައް ބިނާކުރުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް