ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 13:51
އީޝާ ޑިއޯލް
އީޝާ ޑިއޯލް
ރިޒްނާ ޒަރީރު
އީޝާ ޑިއޯލް
އީޝާ ޑިއޯލް އަނެއްކާވެސް ފިލްމީ ދާއިރާއަށް
 
ފިލްމްގައި އީޝާ ފެނިގެން ދާނީ ޝެފެއްގެ ރޯލުން

ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އަށް ދަރިއަކު ލިބިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެ ފިލްމަކީ  "ކޭކްވޯލްކް" ކިޔާ ކުރު ފިލްމެކެވެ. ފިލްމުގައި އީޝާ ފެނިގެން ދާނީ ޝެފެއްގެ ރޯލުންނެވެ.

އީޝާ ޑިއޯލް އަކީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލް އަދި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅެވެ. އަދި ފިލްމީ ތަރި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް ގެ އެއްބަފާ ކޮއްކޮ ވެސް މެއެވެ.

ފިލްމް ކުޅުމުގެ އިތުރުން އީޝާ ޑިއޯލް އަކީ މަންމަ ހެމާ މާލިނީ ފަދައިން ކްލެސިކް ޑާންސް ދަސްކޮށްފައިވާ ނެށުން ތެރިއެކެވެ. މީގެ އިތުރުން އީޝާ ޑިއޯލަކީ އިންޑިޔާގެ ގައުމީ ފެންވަރުގައި އަންހެނުންގެ ފުޓްބޯޅަ ކުޅޭ ފުޓްބޯޅަ ކުޅުންތެރިއެއް ވެސް މެއެވެ.

އީޝާ ޑިއޯލް ހިންދީ ފިލްމީ ދާއިރާއަށް ނިކުތީ 2002 ވަނަ އަހަރު ނިކުތް ކޮއި މޭރޭ ދިލްސޭ ޕޫޗޭ އިންނެވެ. މިހާތަނަށް 20 އަށް ވުރެ ގިނަ ފިލްމްތަކުގައި މައި ރޯލް ތަކުން އީޝާ ފެނިގެން ގޮސްފައި ވެއެވެ.ފުރަތަމަ ފިލްމްގައި އީޝާ އާއިއެކު ހަރަކާތްތެރި ވެފައިވަނީ އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރު އަދި އާފްތާބް ސިވްދަސާނީ އެވެ. އީޝާ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިޓްވި ފިލްމަކީ 2004 ވަނަ އަހަރު ނިކުތް ދޫމް އެވެ. އޭގެ ފަހުން ނިކުތް ކާލް އަކީ ވެސް ހިޓްވި ފިލްމެކެވެ.

އީޝާގެ ފިލްމް ތަކުގެ ތެރެއިން އެންމެ ފަހުން ނިކުމެފައިވާ ފިލްމަކީ 2008 ވަނަ އަހަރު ކުރީކޮޅު ނިކުމެފައިވާ ސަންޑޭ އަދި ވަން ޓޫ ތްރީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
50%
0%
0%
50%
ކޮމެންޓް