ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 09:33
ޔަމަނުގެ ސަލާމަތީ ބާރުތަކުން މި ހަތިޔާރު އަތުލައިގަތީ ޗެކް ޕޮއިންޓަކުން
ޔަމަނުގެ ސަލާމަތީ ބާރުތަކުން މި ހަތިޔާރު އަތުލައިގަތީ ޗެކް ޕޮއިންޓަކުން
އަލްއަރަބިއްޔާ
ޔަމަނުގެ ދާޚިލީ ހަނގުރާމަ
ހޫސީންނަށް ފޮނުވި ހަތިޔާރުތަކެއް ޔަމަނުގެ ސަލާމަތީ ބާރުތަކުން އަތުލައިފި
މިސައިލް ލޯންޗަރއާއި އޭކޭ 47އާއި،ގޮވާތަކެތިވެސް ހިމެނޭ
މި ތަކެތި އަތުލައިގެންފައިވަނީ ސަންއާގެ އިރުން އޮންނަ މަރިބް ޕްރޮވިންސުން

ޙޫސީންނަށް ފޮނުވާފައިވާ ހަތިޔާރު ޝިޕްމަންޓެއް ޔަމަނުގެ ސަލާމަތީ ބާރުތަކުން ބުދަ ދުވަހު ވެރިރަށް ސަންއާއިން އަތުލައިގެންފިއެވެ.

ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ ސަންއާގެ އިރުން އޮންނަ މަރިބް ޕްރޮވިންސުން ސަލާމަތީ ބާރުތަކުގެ ޗެކް ޕޮއިންޓަކުންނެވެ.

އަތުލައިގަތް ހަތިޔާރުގެ ތެރޭގައި މިސައިލް ލޯންޗަރއާއި ކަލަޝްނިކޯވް ނުވަތަ އޭކޭ 47އާއި،ގޮވާތަކެތި ވެސް ހިމެނެއެވެ.

ފަރުވާތެރިކަމާއިއެކު މިތަކެތި ބަންދުކުރުމަށް ފަހު ފޮރުވާފައިހުރީ ބޮޑު ޓްރަކެއްގައެވެ.

ސައުދީއާއި ގުޅިގައިވާ ފައުޖުން ޔަމަނަށް ހަމަލާދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 08:58
ޔާމީންތަ؟
ޔާމީންތަ؟