ކ. މާލެ
|
14 މާރޗް 2018 | ބުދަ 09:13
ސްރީ ލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗަރ ޓެކްނޮލޮޖީ މިނިސްޓަރ ހަރިން ފެރްނާންޑޯ
ސްރީ ލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗަރ ޓެކްނޮލޮޖީ މިނިސްޓަރ ހަރިން ފެރްނާންޑޯ
ސަންޑޭއޮބްޒަރވަރ
ސޯޝަލް މީޑިއާ މޮނިޓަރކުރުން
ލަންކާގައި ސޯޝަލް މީޑިއާ މޮނިޓަރ ކުރަން އިދާރާއެއް އުފައްދަނީ
ކެންޑީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިއާ ބްލޮކް ކުރި

ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ގޮތް މޮނިޓަރ ކުރުމަށް އިދާރާއެއް އުފެއްދުމަށް މަޝްވަރާކުރަމުންދާކަމަށް ސްރީލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗަރ ޓެކްނޮލޮޖީ މިނިސްޓަރ ހަރިން ފެރްނާންޑޯ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މި ފިޔަވަޅުގެ އަމާޒަކީ ވަކި މުޖުތަމައަކަށް ނުވަތަ ވަކި ދީނަކަށް ނިސްބަތްކޮށް ނަފްރަތު އުފެއްދުމުގެ ވާހަކަ ހުއްޓުވުންކަމަށެވެ.

"ސަރުކާރަކުން ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކެއް ބަންދެއް ނުކުރާނެ، އެކަމަކު ވަރަށް ހަރުކަށިކޮށް ބަލަމުން ގެންދާނެ، އޭގެ އަމާޒަކީ މުޖުތަމައުތަކާއިމެދު އަދި ދީން ތަކާއިމެދު ނަފްރަތު އުފެއްދުން ހުއްޓުވުން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ އަދި އެނޫންވެސް އެފަދަ ބަރަހަނާ މަންޒަރުތައް ޕޯސްޓްކުރާ ފަރާތްތައް މޮނިޓަރ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފެރްނާންޑޯވަނީ ކެންޑީގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ކުރިންވެސް ފޭސްބުކްގައި ހުރި ނަފްރަތު އުފެއްދުމަށް ބޭނުންކުރި ވީޑިއޯތައް ނަގަން ސަރުކާރުން ބޭނުންވިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެވަރަށް ވަސީލަތްތައް ގާއިމްވެފައި ނެތުމުން އެކަން ނުކުރެވުނު ކަމަށް ވިދާޅުވިއެވެ.

މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގެ ދުވަސްވަރު ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިކަން ފެތުރޭފަދަ ޕޯސްޓްތައްކޮށް މައުލޫމާތު ފެތުރުރުމުގެ ސަބަބުން ކެންޑީގެ ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށް ލަންކާގެ ސަރުކާރުން މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގާފައިވާއިރު ހަމަނުޖެހުންތަކުގެ ކުރީކޮޅު ސަރުކާރުންވަނީ ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބްލޮކްކޮށް އިންޓަރނެޓްގެ ބޭންޑް ވިތް ދަށްކޮށްފައެވެ.

މިނިސްޓަރ ފެނާންޑޯ ވަނީ އެ ހާލަތުގައިވެސް ވަރޗުއަލް  ޕްރައިވެޓް ނެޓްވޯކް(ވީޕީއެން) ބޭނުންކޮށްގެން 800،000 އެއްހާ މީހުން ފޭސްބުކް ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް