ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 17:45
ހާދިސާ ހިނގުމަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހާދިސާ ހިނގުމަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގެޓީ އިމޭޖަސް
ބަންގްލަދޭޝްގެ ބޯޓު ވެއްޓުން
ހޯމަ ދުވަހު ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނޭޕާލުން ބުނެފި
ނޭޕާލްގެ ތްރިބުވަން އެއާޕޯޓުގެ އޮފިޝަލުން ދަނީ ހާދިސާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަމުން

ނޭޕާލްގެ ތްރިބުވަން އެއާޕޯޓު ނުވަތަ ކަތަމަންޑޫ އެއާޕޯޓުގެ ރަންވޭއަށް ހޯމަ ދުވަހު ބަންގްލަދޭޝްގެ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެފައިވާ އިރު މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނޭޕާލުން ބުނެފިއެވެ.

މިހާދިސާގައި މަދުވެގެން 49 މީހުން މަރުވެފައިވާއިރު ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ބޯޓުގެ ކަޅުފޮށި ނުވަތަ ބްލެކް ބޮކްސް ހޯދާފައެވެ. 

ބަންގްލަދޭޝްގެ "ޔޫއެސް-ބަންގްލާ އެއާލައިންސް" އަށް ނިސްބަތްވާ ބޯޓު ވެއްޓުމުގެ ހާދިސާގައި، ނޭޕާލްގެ ތްރިބުވަން އެއާޕޯޓުގެ އޮފިޝަލުންނާ އަދި ވެއްޓުނު މަތިންދާ ބޯޓު ނިސްބަތްވާ ބަންގްލަދޭޝްގެ އެއާލައިނުން އެއް ބަޔަކު އަނެއް ބަޔަކަށް ބުނަމުންދަނީ ހާދިސާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. 

ނޭޕާލް ގަނޑިން މެންދުރު ފަހު 2:15 ހާއިރު މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި އަލިފާން ރޯވިކަމަށް ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. 

ހޯމަ ދުވަހު ނޭޕާލުގައި ހިނގި ހާދިސާއަކީ 1992 ވަނަ އަހަރުގެ ފަހުން އެގައުމުގައި ހިނގި ވައިގެ އުދުހުމުގެ މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 

ވެއްޓުނު ބޯޓު އޮޕަރޭޓު ކުރާ ބަންގްލަދޭޝްގެ "ޔޫއެސް-ބަންގްލާ އެއާލައިންސް" އިން ބުނާ ގޮތުގައި، ބޯޓު ވެއްޓުނު އިރު ކްރޫއާ އެކު 71 މީހުން ބޯޓުގައި ތިއްބެެވެ. ބޯޓު ދަތުރު ފެށީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އިން ކަމަށްވާ އިރު އޮފިޝަލުން ބުނެފައި ވަނީ ބޯޓު ޖައްސަން އުޅުނީ ވަރަށް މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

 

 

 

- ކޮމެންޓް