ކ. މާލެ
|
14 މާރޗް 2018 | ބުދަ 08:30
ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް އަކީ ޑރ ޖަމީލް
ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް އަކީ ޑރ ޖަމީލް
ރާއްޖެއެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ދިވެހި ސަރުކާރަށް ފިޔަވަޅު އެޅުމުގައި އިންޑިއާ އިސްދައުރެއް އަދާކުރަންޖެހޭ: ޑރ ޖަމީލް
އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް އިންޑިއާއިން ވަނީ ތަކުރާރުކޮށް ގޮވާލައިފައި
1 ފެބްރުއަރީގެ އަމުރުގެ ފަހުން ނެރުނު އެއްވެސް އަމުރަކަށް ދުނިޔެއިން ތާއީދުކޮށްފައެއް ނުވޭ

ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި  އެކަމުގައި އިންޑިއާ އިސް ނަގަން ޖެހޭ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިންދުސްތާން ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި، ލަންޑަންގައި ދިރިއުޅުއްވަމުންގެންދަވާ ޑރ ޖަމީލް ވިދާޅުވީ އަވަށްޓެރިއެއް އަދި އެންމެ ބޮޑު ޑެމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާއިން މާޒީގައިވެސް އެހީފޯރުކޮށްދީފައިވާ ފަދައިން ޑިމޮކްރަސީ ނެގެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމުގެ މައްޗަށް އަޚްލާގީ ވާޖިބެއްކަމަށެވެ.

"އިންޑިއާއިން އަބަދުވެސް ވަނީ އަޅުގަނޑުމެން ސަލާމަތްކޮށްދިނުމަށް އައިސްފައި، ނަމަވެސް މި ފަހަރު އަޅުގަނޑަކަށް ނުފެނޭ ބަޔާނެއް ނެރުމުގެ އިތުރަކަށް އިންޑިއާގެ ބައިވެރިވުމެއް، ބޮޑުވަޒީރަށް ދަންނަވާލަން ބޭނުން މަނިކުފާނޭ ވަގުތު މިދަނީ ފާއިތުވަމުންނޭ. މިކަން ހައްލު ކުރުމަށް ނަތީޖާ ނެރެވޭފަދަ ފިޔަވަޅުތަކެއް ވީ އެންމެ އަވަހަކަށް އަޅުއްވައި ދެއްވާށޭ" ހިންދުސްތާން ޓައިމްސްގައި ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރަށާއި ސަރުކާރަށް މަދަދުވެރިވާ ވިޔަފާރިތަކަށް ވަކި ވަކިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ޑރ ޖަމީލުވަނީ ގޮވާލައްވާފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އުތުރުކޮރެއާ ފަދައިން ބޯ ނުލަނބާ ނޯވެވޭނެކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ހަމަޖެހުން އޮތް ތަނަކަށް ވުމަކީ ޗައިނާއަށް ވެސް މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ކަންތަކުގައި ޗައިނާއާއި އިންޑިއާއިން ވާހަކަ ދައްކައިގެން ނިންމުމެއް ނިންމިދާނެ ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ސަރުކާރުންވަނީ އެ އަމުރު ތަންފީޒު ނުކޮށްވާނެ ގޮތެއް ބެލުމަށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވައި އުއްތަމަ ފަނޑިޔާރަށް ފޯނުކުރައްވަން މަސައްކަތް ކުރައްވާފައެވެ.

 ފަސް ދުވަހަށްފަހު އެ މަސައްކަތް ކާމިޔާބު ނުވުމުން ސަރުކާރުންވަނީ ކޯޓުގެ މަސައްކަތުގައި ފަނޑިޔާރުން ތިއްބަވަނިކޮށް ސުޕްރީމް ކޯޓުގެ ފުރާޅުމަތިން އަސްކަރިއްޔާ ވައްދައިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަނިޔާވެރިކޮށް ދަމާ ކޫތާފައި ކޯޓުން ނެރެ ހައްޔަރުކޮށް އެ ބޭފުޅުންގެ އިސްތަށި ފުޅުގައި "ބަޣާވާތް ކުރުމުގެ" ތުހުމަތު އަޅުވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް