އޫރީދޫ އިން އައު ޕޯސްޓްޕެއިޑް ޕެކޭޖްތައް މާރޗް 12 ވަނަ ދުވަހު ތައާރަފު ކޮށްފިއެވެ.
އަލަށް ތައާރަފު ކުރެވުނު ޕްލޭންތަކުގެ ތެރޭގައި ހިމެނެނީ އިތުރު އެކްސެސް ޗާޖަކާއި ނުލާ ބޭނުންކުރެވޭ އަންލިމިޓެޑް ޑޭޓާ އާއި އުރީދޫ ނެޓްވާރކްގެ ތެރޭގައި އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް އާއި މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ 4G+ ނެޓްވާރކް އެވެ.
އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ހައްލެއް ހޯދައިދިނުމަށް ކަމަށާއި މިގޮތުން، އަންލިމިޓެޑް ކޯލް އަދި ޑޭޓާ ހިމެނޭގޮތަށް، އެންމެ އެކަށޭނަ އަގުތަކެއްގައި، މުޅިން އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ފޯރުކޮށްދެވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަލަށް ތައާރަފުކުރެވުނު ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ:
ޕޯސްޓްޕެއިޑް 200 | ޕޯސްޓްޕެއިޑް 400 | ޕޯސްޓްޕެއިޑް 600 | ޕޯސްޓްޕެއިޑް 800 | ޕޯސްޓްޕެއިޑް 1000 |
| ޕްލޭންތައް |
200 | 400 | 600 | 800 | 1000 |
| މަހު ފީ |
1000 | އަންލިމިޓެޑް | އަންލިމިޓެޑް | އަންލިމިޓެޑް | އަންލިމިޓެޑް | އުރީދޫ ނެޓްވާރކްގައި | ހިލޭ މިނެޓު |
1,500 | 2,000 | އެހެނިހެން ނެޓްވާރކްތަކަށް | ||||
1 | 6 | 9 | 15 | 25 |
| ހިލޭ ޑޭޓާ / ޖީބީ |
1,000 | އަންލިމިޓެޑް | އަންލިމިޓެޑް | އަންލިމިޓެޑް | އަންލިމިޓެޑް | އުރީދޫ ނެޓްވާރކްގައި | ހިލޭ އެސްއެމްއެސް |
އެހެނިހެން ނެޓްވާރކްތަކަށް | ||||||
1 ގައުމު | 2 ގައުމު | 3 ގައުމު | 4 ގައުމު | 5 ގައުމު |
| އައިޑީޑީ 50% ޑިސްކައުންޓް |
2 | - | - | - | - |
| ހިލޭ ގުޅޭ ނަމްބަރު |
މިނެޓަކަށް 0.90 ރުފިޔާ | މިނެޓަކަށް 0.90 ރުފިޔާ | މިނެޓަކަށް0.90 ރުފިޔާ | - | - | އުރީދޫ ނެޓްވާރކްގައި | ކޯލް ރޭޓް |
އެހެނިހެން ނެޓްވާރކްތަކަށް | ||||||
އެސްއެމްއެސް އަކަށް 0.10 ރުފިޔާ | - | - | - | - | އުރީދޫ ނެޓްވާރކްގައި | އެސްއެމްއެސް ރޭޓް |
އެހެނިހެން ނެޓްވާރކްތަކަށް | ||||||
ހިލޭ | ހިލޭ | ހިލޭ | ހިލޭ | ހިލޭ |
| އެކްސެސް ޑޭޓާ ޗާރޖް |
އައު ޕޯސްޓްޕެއިޑް ޕެކޭޖްތައް ފަރުމާ ކުރެވިފައިވަނީ، ކަސްޓަމަރުންނަށް ލިބޭ ޑޭޓާ އެލަވަންސް ހުސްވުމުން ވެސް، އިތުރު އަގަކާ ނުލާ ޑޭޓާ ބޭނުން ކުރެވޭގޮތަށް، އަންލިމިޓެޑް ޑޭޓާ އާއިއެކުއެވެ. ޑޭޓާ އެލަވަންސް ހުސްވުމަށްފަހު ވެސް ހައިސްޕީޑްގައި ޑޭޓާ ބޭނުންކުރެއްވުމަށް ބޭނުންފުޅުވާނަމަ، ޕަވަރ އަޕް ޕެކޭޖެއް ނެގުމުން ހައިސްޕީޑްގައި ޑޭޓާ ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށް އޫރީދޫ އިން ވަނީ ބުނެފައެވެ.