ކ. މާލެ
|
12 މާރޗް 2018 | ހޯމަ 19:52
ބޯޓާއި އަދި ބޯޓް ވެއްޓުނު ސަރަހައްދުގައ 40 މީހުން މަރުވި
ބޯޓާއި އަދި ބޯޓް ވެއްޓުނު ސަރަހައްދުގައ 40 މީހުން މަރުވި
އޭޕީ
މަތިންދާ ބޯޓެއް ވެއްޓުން
ކަތަމަންޑޫއަށް ޖައްސަނިކޮށް ރަންވޭއިން ކައްސާލި ބޯޓުން މަރުވި މީހުންގެ އަދަދު 49 އަށް
ބޯޓުން 70 މީހުން ދަތުރުކުރި
22 ފަސިންޖަރަކަށް ސިޓީގެ އެކި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުން

ކަތަމަންޑޫގެ ތްރިބުވާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކައްސާލި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓް ވެއްޓިފައިވަނީ ޕައިލެޓަށް ހެދުނު ގޯހަކުން ކަމަށާއި ބޯޓުން ދަތުރުކުރި 70 މީހުންގެ ތެރެއިން 49 މީހުން މަރުވެފައިވާ ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށް ކަމާއިބެހޭ އިދާރާތަކުން ބުނެފިއެވެ.

ނޭޕާލު ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ މަނޯޖް ނިއުޕާނީ އަލްޖަޒީރާގައި ވިދާޅުވެފައިވަނީ ބޯޓާއި އަދި ބޯޓް ވެއްޓުނު ސަރަހައްދުގައި 40 މީހުން މަރުވި ކަމަށާއި އިތުރު ނުވަ މީހުން މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ އިތުރު 22 ފަސިންޖަރަކަށް ސިޓީގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށެވެ.

ތްރިބުވާން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރ ރާޖް ކުމާރު ޗެތްރީ ވިދާޅުވީ ކޮންޓްރޯލް ރޫމުން ދިން އިރުޝާދާ ޚިލާފަށް ނުބައި މިސްރާބަކަށް ބޯޓް ޖެއްސުމުން ރަންވޭއިން ކައްސާލީކަމަށެވެ.

ޑާކާގައި ހުންނެވި އެއަރލައިންސްގެ ޖެނެރަލް މެނޭޖަރ ކަމްރުލް ހަސަން ވިދާޅުވީ ފަސިންޖަރުންގެ ލިސްޓަށްބަލާއިރު ބޯޓުގައި ނޭޕާލުގެ 33 މީހުން ތިބި ކަމަށެވެ.

އަދި ބަންގްލަދޭޝްގެ މަދުވެގެން 32 މީހުންނާއި ޗައިނާގެ އެކަކާއި ދިވެހިރާއްޖޭގެ އެކަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް