ކ. މާލެ
|
12 މާރޗް 2018 | ހޯމަ 17:01
އުތުރު ކޮރެއާގެ ލީޑަރު ކިމް
އުތުރު ކޮރެއާގެ ލީޑަރު ކިމް
ރޮއިޓަރސް
އުތުރު ކޮރެއާ-އެމެރިކާ
ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރާއެކު ބާއްވާ ބައްދަލުވުމާ ގުޅޭ ގޮތުން އުތުރު ކޮރެއާގެ ޖަވާބެއް އަދި ނެތް!
ދާދިފަހުން ރައީސް ޓްރަމްޕް ވަނީ، އުުުތުރު ކޮރެއާ އިން ދެކުނު ކޮރެއާގެ އޮފިޝަލުން މެދުވެރިކޮށް ދެއްވި ބައްދަލުވުމުގެ ދައުވަތު ގަބޫލުފުޅު ކުރައްވާފައި

އުުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވާ ސަމިޓް ނުވަތަ ބައްދަލުވުމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ. 

ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާ އިން ރައީސް ޓްރަމްޕް އަށް ދެއްވި ބައްދަލުވުމުގެ ދައުވަތު ރައީސް ޓްރަމްޕް ހުކުރު ދުވަހު ގަބޫލުފުޅުކުރެއްވި ކުރެއްވުމަކީ ވަރަށް ގިނަ ބަޔަކަށްް ހައިރާންކަން ލިބިގެންދިޔަކަމެކެވެ. 

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް ވެސް ތިބީ ތައްޔާރަށް ކަމަށެވެ. 

ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ބާއްވާ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އަދި ނޭނގެއެވެ. އެގޮތުން ބައްދަލުވުމުގެ އެޖެންޑާ އާއި ބާއްވާ ތަނެއް އަަދި ހާމަކޮށްފައެއް ނުވެއެވެ. 

އުތުރު ކޮރެއާގެ ލީޑަރު، އެމެރިކާގެ ރައީސަށް ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމުގެ މެސެޖް ރައްދުކުރެއްވީ، ދާދި ފަހުން އުތުރު ކޮރެއާ އަށް ޒިޔާރަތްކުރައްވައި ކިމްއާއެކު މަޝްވަރާތައް ބޭއްވި ދެކުނު ކޮރެއާގެ އިސް ވަފުދު މެދުވެރިކޮށެވެ. މިބައްދަލުވުމަށް ފަހު ދެކުނު ކޮރެއާގެ ވަފުދު ވަނީ ވޮޝިންޓަނަށް ވަޑައިގެން، އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕަށް އަރުވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޗުންގް އުއިޔޮންގް ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް އުތުރު ކޮރެއާ ތައްޔާރަށް އޮތްކަމުގެ މެސެޖް ރައީސް ޓްރަމްޕަށް ރައްދު ކުރެއްވި ކަމަށެވެ. އުއިޔޮންގްއަކީ ދެކުނު ކޮރެއާގެ ފަރާތުން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް، ލީޑަރު ކިމް ޖޮންގ އުން އައި ބައްދަލުކުރެއްވި ވަފުދުގެ އިސް އެއް މަންދޫބެވެ.

އުއިޔޮންގް ވިދާޅުވީ އަންނަ މެއި މަސް ނިމުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއާ ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށެވެ.

މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. 

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެނަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބައެއް ނުދެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.

 

 

- ކޮމެންޓް
12 މާރޗް 2018 | ހޯމަ 15:10
އާހަމައްވެސް ނުދެވޭނެ
ޑޮނަލްޑް ޓްރަމްޕް އެހެރީ ހޭބަލިވެފަތަ، ކިމް އާހަމައްވެސް ނުދެވޭނެ