ކ. މާލެ
|
12 މާރޗް 2018 | ހޯމަ 16:01
ބޯޓްވަނީ ރަންވޭއިން ކައްސާލާފައި
ބޯޓްވަނީ ރަންވޭއިން ކައްސާލާފައި
އޭޕީ
މަތިންދާ ބޯޓެއް ވެއްޓުން
ކަތަމަންޑޫ އެއަރޕޯޓަށް ބޯޓެއް ވެއްޓިއްޖެ
17 މީހަކު ހޮސްޕިޓަލަށް ގެންދެވުނު
ބޯޓަކީ ޑާކާއިން ދިޔަ ބޯޓެއް

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ އެއަރަޕޯޓަށް ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް މިއަދު ވެއްޓިއްޖެއެވެ.

މަދުވެގެން 17 މީހަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެއަރޕޯޓްގެ ތަރުޖަމާނު ވިދާޅުވީ ބޯޓް ރަންވޭއިން ކައްސާލައިގެން ފުޓްބޯޅަ ދަނޑަކަށް ޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުރޭޝް އަޗަރަޔާ ވިދާޅުވީ ޒަޚަމްވި މީހުންގެ ތެރެއިން 17 މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

މި ބޯޓަކީ ޑާކާއިން ނޭޕާލަށް ދަތުރުކުރި ބޯޓެކެވެ.

 ބޯޓަކީ ބަންގްލަދޭޝްގެ އެއަރލައިނެއްގެ ބޯޓެއްކަން އޮފިޝަލުން ކަށަވަރުކޮށްދޭއިރު ބޯޓްގައި ތިބީ ކިތައް ފަސިންޖަރުން ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް