ކ. މާލެ
|
12 މާރޗް 2018 | ހޯމަ 12:35
އަންޑަރ ވޯޓަރ ޑްރޯން
އަންޑަރ ވޯޓަރ ޑްރޯން
ފޯ ސައިޓް ސަރވޭޔާސް
ޑްރޯން
އަންޑަރ ވޯޓަރ ޑްރޯނެއް ރާއްޖެއަށް ތައާރަފު ކޮށްފި
4ކޭ ކޮލެޓީގައި ވީޑިއޯކޮށް ސްޓިލް ފޮޓޯނެގޭ މި ޑްރޯން އިން

އަންޑަރ ވޯޓަރ ޑްރޯނެއް ފޯރސައިޓް ސަރވޭޔާސް ކުންފުނިން ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މި ޑްރޯންއަކީ "ގްލޭޑިއަސް" ނަމަކަށް ކިޔާ ގެންގުޅެން ފަސޭހަ ޑްރޯނެކެވެ. އަދި މި ޑްރޯންއަކީ 4ކޭ ކޮލެޓީގައި ވީޑިއޯކޮށް ސްޓިލް ފޮޓޯނެގޭ، ކޮންމެ ޑައިވެއްގައި ދެ ގަޑިއިރު ހޭދަކޮށް 100 މީޓަރު އަޑިއަށް ދިޔުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯނެކެވެ.

ފޯރސައިޓް ސަރވޭޔާސްގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ނުއައިމް ވިދާޅުވީ އަބަދުވެސް އެ ކުންފުނިން ބަލަނީ ޒަމާނީ، ކޮލެޓީ އިކުއިޕްމަންޓްސް ތައާރަފު ކުރުމަށް ކަމަށާއި ރާއްޖެ އާއި ސްރީލަންކާގެ ވެސް އެކްސްކްލޫސިވް ސޯލްޑިސްޓްރިބިއުޓަރަކީ އެ ކުންފުނި ކަމަށެވެ.

މި ޑްރޯން ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައިވެސް ބޭނުން ކުރެވޭނެއެވެ.

މި ޑްރޯންއާ ބެހޭ އިތުރު މައުލޫމާތު www.foresightsurveyors.com  އަށް އީމެލް ކުރުމުން ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމެރިކާގެ ލާސްވޭގަސްގައި ބޭއްވުނު ދަ އިންޓަރނޭޝަނަލް ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގައި ވެސް ވަނީ ދައްކާލާފައެވެ.

ފޯރސައިޓް ސާރވޭޔާސް ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ތަފާތު ސަރވޭތައް ކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.  

- ކޮމެންޓް
12 މާރޗް 2018 | ހޯމަ 09:34
ޑްރޯން
ދިދަ ބާލާކަހަލަ ޑްރޯން އެއް ނެއްތަ ޕޮލިސް އާހަވާލު ކުރަން
12 މާރޗް 2018 | ހޯމަ 08:11
(ROV)
A remotely operated underwater vehicle (ROV) not a drone