ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 23:46
ބޯޓު ވެއްޓުނު ސަރަހައްދު
ބޯޓު ވެއްޓުނު ސަރަހައްދު
ގޫގުލް
ތުރުކީގެ ޖެޓެއް ވެއްޓުން
ތުރުކީގެ ޖެޓެއް ވެއްޓި11 މީހަކު މަރުވެއްޖެ
ޖެޓު ވެއްޓުނު އިރު އޭގައި ތިބީ ތިން ކުރޫއިންނާއި އަށް ފަސިންޖަރުން

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިސްތަންބޫލަށް ދަތުރު ކުރަމުންދިޔަ ތުރުކީގެ ޕްރައިވެޓް ޖެޓެއް ވެއްޓި 11 މީހަކު މަރުވެއްޖެއެވެ.

ޕްރައިވެޓް ޖެޓް ނިސްބަތްވާ އޮގަނައިޒޭޝަންގެ ހެޑް، ރެޒާ ޖަފަރްޒާދް ބުނެފައިވަނީ އެ ޖެޓުން ދަތުރުކުރީ 11 މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިން ކުރޫއިންނާއި އަށް ފަސިންޖަރުންކަމަށެވެ.

މިހާދިސާގައި ބޯޓު ވެއްޓިފައިވަނީ ހުޅަނގު ދެކުނު އިރާން ކައިރިއަށެވެ.  އީރާންގެ އިމަޖެންސީ މެނޭޖްމަންޓް އޮގަނައިޒޭޝަންގެ ސްޕޯކްސްޕާސަން ވިދާޅުވީ މި ބޯޓު ވެއްޓުނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ދެކުނުން 370 ކިލޯމީޓަރު(230 މޭލު) ދުރުގައި އޮންނަ ޝަހްރޭ ކޯޑްގެ ފަރުބަދައެއްގައި ޖެހި ވެއްޓިގެން ކަމަށް ބެލެވޭކަމަށެވެ.

މަންޒަރު ދުށްމީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ބޯޓު ވެއްޓުނުއިރު ބޯޓުގައި ހުރީ އަލިފާން ރޯވެފައެވެ. މިހާދިސާ ހިނގި ސަރަހައްދުގައި މިހާރު ރެސްކިއު ޓީމުން ހަރަކާތްތެރި ވާއިރު މިބޯޓުގެ ބައިތައް ހޯދުމަށް މަސައްކަތް  އީރާނުގެ އިމަޖެންސީ ސާވިސެސްއިން ކުރަމުންދާކަމަށް ރޮއިޓާސްއިން ވަނީ ބުނެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް