އައްޑޫ ލިންކް ރޯޑްގައި ހޮނިހިރު ދުވަހުގެރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން، ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.
އެކްސިޑެންޓް ހިނގިއިރު، ކާރުގައި ތިން މީހުން ތިއްބެއެވެ. އެހެންނަމަވެސް ކާރު ދުއްވަން އިންމީހާގެ އިތުރު މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ކާރު ރޭސް ޖަހިނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން އުމުރުން 28 އަހަރުގެ ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމް ރިޔާޒުއެވެ.