ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ މެންދުރުފަހު މުހައްމާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
މުހައްމާ ހައްޔަރު ކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މުހައްމާ ހައްޔަރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އެހެން ބައެއް މެމްބަރުންވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްބުނެ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުވެސް ހިމެނެ އެވެ.
އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްވެސް ވަނީ ހައްޔަރުކޮށްފަ އެވެ.